މަސައްކަތް
ނަންބަރު: (IUL)438/1/2017/14
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 29 މާރިޗު 2017 13:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ހދ. ހިރިމަރަދޫ އަދި ހދ. ވައިކަރަދޫގައި ވޭސްޓް މެނޭޖްމެންޓް ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް

 ޕްރޮޖެކްޓް ނަންބަރު:OFIDPMU/2017/PH2-001 & 002 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދިވެހި ސަރުކާރަށް ލޯނު އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ތިރީގައި ބަޔާން ކޮށްފައިވާ ދެ ރަށުގައި ވޭސްޓް މެނޭޖްމެންޓް ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

ކޮންޓްރެކްޓް ޕެކޭޖް ނަންބަރު

ޕްރޮޖެކްޓް ނަން

ބިޑް ސެކިޔުރިޓީ އަދަދު

OFIDPMU/2017/PH2-001

ހދ. ހިރިމަރަދޫގައި ވޭސްޓް މެނޭޖްމެންޓް ނިޒާމް ޤާއިކުރުމުގެ މަސައްކަތް

10,000

OFIDPMU/2017/PH2-002

ހދ. ވައިކަރަދޫގައި ވޭސްޓް މެނޭޖްމެންޓް ނިޒާމް ޤާއިކުރުމުގެ މަސައްކަތް

10,000

2. ވީމާ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް މި މަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

3. މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ލިޔުމުން (ސިޓީ ނުވަތަ އީ-މެއިލް އިން) ޕްރޮކިއުމެންޓް ޔުނިޓަށް ހުށަހެޅުއްވުމުން ބިޑް ޑޮކިއުމެންޓް އެފަރާތްތަކަށް ދެވޭނެއެވެ. ތިރީގައިވާ އެޑްރެހަށް ގުޅުއްވައިގެން އިތުރު މައުލުމާތު ސާފުކުރެއްވުން އެދެމެވެ.

4. މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، ދިވެހިރާއްޖޭގެ މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެ މަތިން "ސިންގަލް ސްޓޭޖް ވަން އެންވެލޯޕް" ބިޑިންގ ޕްރޮސެސްގެ ދަށުންނެވެ.

5. މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 10,000 ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 90 ދުވަހެވެ. މި މަޝްރޫޢުގެ ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

6. މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 12 މާރިޗު 2017 ވާ އާދިއްތަވަހުގެ 13:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ.

7. ބިޑް ހުޅުވުން އޮންނާނީ 29 މާރިޗު 2017 ވާ ބުދަދުވަހުގެ 13:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވުމަށް ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓްގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 އޯޕިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 3018454/ 3018453

ފެކްސް: 3018301

އީ މެއިލް: [email protected]

 9. މި އިޢުލާން މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ގައި އަޕްލޯޑް ކުރެވިފައި ވާނެއެވެ.

 1 މާރިޗު 2017

01 މާރިޗު 2017