ވަޒީފާގެ ފުރުޞަތު
ނަންބަރު: WAMCO-CA/IUL/2017/034
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 15 މާރިޗު 2017 12:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މެކޭނިކް (އޮޓޯމޮބައިލް)

އިޢުލާން

ނަންބަރު:WAMCO-CA/IUL/2017/034 

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

މެކޭނިކް (އޮޓޯމޮބައިލް)

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން


އޮފިސަރ

މުސާރައާއި ޢިނާޔަތްތައް

ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)

ބޭނުންވާ އަދަދު

01

ޝަރުޠު

  1. އިންޓަވިއުގައި މަޤާމުގެ މަސްޢޫލިއްޔަތު އަދާ ކުރެވޭނެކަން ސާބިތިކޮށްދިނުމާއި އެކު،
  2. އިންޖިނިއަރިންގ ދާއިރާއިން ނުވަތަ ކަރަންޓް ވަޔަރު ކުރުމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. މެއިންޓެނަންސް ދާއިރާއިން (ރޭވުމާއި، ކުރިއެރުވުން އަދި ބަޖެޓިންގ) އަމަލީ ތަޖުރިބާ ލިބިފައިވުން.
  4. މެއިންޓަނަންސްގެ މަސައްކަތްތައް ޕްލޭންކުރުމާއި މޮނީޓަރކުރުމާއި އަދި ސުޕަވައިޒްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  5. މުވައްޒަފުން ތަމްރީނުކުރުމާއި މަސައްކަތަށް އަހުލުވެރިކުރުވުމުގެ ޤާބިލުކަން ހުރުން.
  6. ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  7. ރިޕޯރޓް ތައްޔާރުކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  8. ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  9. އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން،
  10. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން،
  11. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކުންފުނީގެ އޮޓޯމޮބައިލް ވެހިކަލްތަކުގެ މަރާމާތުގެ މަސައްކަތް ކުރުން
  2. ކުންފުނީގެ ވެހިކަލްތަކާއި އެފަދަ އެހެނިހެން ތަކެތީގެ އިންޖީނު މަރާމާތުކުރުން
  3. ސާރވިސް ކުރުމާއި ސާރވިސްކުރުމުގެ މަސައްކަތްކަށް ބެލުން
  4. ވެހިކަލް އޮޕަރޭޓް ކުރާއިރު ޖެހޭ މައްސަލަތައް ބަލައި ހައްލުކޮއްދިނުން
  5. މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި ރައްކާތެރިކޮށް ބެލެހެއްޓުން
  6. މިނޫންސް އޮޓޯމޮބައިލް މެއިންޓަނެންސްއާ ގުޅުންހުރި އިތުރުކަންތައްތައް ކުރުން
  7. ކޯޕަރޭޝަނުން ހިންގާ ހަރަކާތްތަކުގެ ބައިވެރިވުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
  • ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
  • އިންޓަރވިއު

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެޓެސްޓްކޮށް އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ،
  4. ޕޮލިސް ރިޕޯޓު (ދޫކުރިފަހުން ފަހުން 03 މަސްދުވަސް ހަމަނުވާ)
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2017 މާރޗް 15 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން.

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާނުކުރުން 2017 މާރޗް 16 ން މާރޗް 23 އަށް ކުރިއަށް ގެންދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3000581 ނުވަތަ 7584070 ފޯނަށް ގުޅުއްވުން އެދެމެވެ.      

07 ޖުމާދަލްއާޚިރާ 1438

06 މާރޗް 2017

06 މާރިޗު 2017