ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
ފުވައްމުލަކު އެއަރޕޯޓަށް ބޭނުންވާ 02 ރަންވޭ އެޖް ލައިޓްސް (ސޯލަރ) ސަޕްލައިކޮށްދޭނެ ފަރާތެއްހޯދަން ކުރެވުނު އިޢުލާން ނަންބަރު (IUL)448-ASS/1/2017/4 ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް އެދި ޝަޢުގްވެރިވެލައްވާ ފަރާތްތަކުން 08 މާރިޗު 2017 ވާ ބުދަ ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގެ 11 ވަނަ ފަންގިފިލާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 މާރިޗު 2017 ވާ ބުދަ ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސް އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތް ތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
07 ޖުމާދަލްއާޙިރު 1438
06 މާރިޗް 2017