ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)7-HRCE/1/2017/15
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 10:41
ސުންގަޑި: 19 މާރިޗު 2017 14:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސީނިއަރ އޮޑިޓަރ (ގްރޭޑް1) ވަގުތީ

މަޤާމް :ސީނިއަރ އޮޑިޓަރ (ގްރޭޑް 1) ވަގުތީ
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭތަން: އޮޑިޓަރ ޖެނެރަލްގެ އޮފީސް

އަސާސީ މުސާރަ:      -/9000 ( ނުވަ ހާސް) ރުފިޔާ

އިނާޔަތްތައް:

ސަރވިސް އެލަވަންސް:      ދުވާލަކަށް -/230 (ދުއިސައްތަ ތިރީސް ރުފިޔާ)

ޕްރޮފެޝަނަލް އެލަވަންސް:    ޑިގްރީ (އެމް.އެން.ކިއު.އެފް  ލެވެލް 8) ހާސިލްކޮށްފައިވާނަމަ  -/1500 (އެއްހާސް ފަސްސަތޭކަ( ރުފިޔާ

                   ޑިގްރީ (އެމް.އެން.ކިއު.އެފް ލެވެލް 7) ހާސިލްކޮށްފައިވާނަމަ  -/1000 (އެއްހާސް( ރުފިޔާ

                   އެޑްވާންސް ޑިޕްލޮމާ (އެމް.އެން.ކިއު.އެފް ލެވެލް 6) ހާޞިލްކޮށްފައިވާނަމަ  -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާ

ލިވިންގ އެލަވަންސް:       -/2500  (ދެހާސް ފަސްސަތޭކަ ރުފިޔާ)

އޮޑިޓް އެލަވަންސް:         -/2000  (ދެހާސް ރުފިޔާ)                      

                         

އަސާސީ ޝަރުތު

  1. ފުރަތަމަ ޑިގްރީ (އެމް.އެން.ކިއު.އެފް ލެވެލް 7 ނުވަތަ 8) ހާސިލްކޮށްފައި ވުމާއިއެކު އޮޑިޓްކުރުމާއި އެޝުއަރެންސް ސަރވިސަސްގެ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. އެޑްވާންސް ޑިޕްލޮމާ (އެމް.އެން.ކިއު.އެފް ލެވެލް 6) ހާސިލްކޮށްފައި ވުމާއެކު އޮޑިޓްކުރުމާއި އެޝުއަރެންސް ސަރވިސަސްގެ ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
  3. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތު

  1. މިއޮފީހުގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮފީހުގައި އަދާކުރާ ވަޒީފާއާ މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ކުރާ މީހަކު ކަމުގައި ނުވުން.
  4. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  5. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަގާމުގެ މަސްއޫލިއްޔަތު

  1. އޯޑިޓް ވާރކްޕްލޭން ތައްޔާރުކުރަން ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެހީތެރިވެދިނުމާއި އެކުލަވާލުން.
  2. ވާރކްޕްލޭނާ އެއްގޮތަށް ފީލްޑް އޯޑިޓް އަދި ޑެސްކް އޯޑިޓްގެ މަސައްކަތްތައްކުރުން.
  3. ޑްރާފްޓް ޑިސްކަޝަން ޕޭޕަރ އާއި ޑްރާފްޓް އޮޑިޓް ރިޕޯޓް ތައްޔާރު ކުރުން.
  4. ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުންނާއި، އޮފީހުގެ ވެބްސައިޓް www.audit.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ( އެކްރެޑިޓްކޮށްފައި).
  3. ވަކި ފަރާތަކަށް ޚިދްމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ  ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
  4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު).

އެޕްލިކޭޝަންފޮނުވަންވީތާރީޚާއިގަޑި:

19 މާރިޗު 2017 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް
(ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާ).

އިންޓަވިއު:

  1. މި މަގާމުގެ އިންޓަރވިއު ޕްރޮސެސްއަށް ޝޯޓް ލިސްޓުކުރެވޭނީ މަގާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަރވިއުއަށް ޝޯޓް ލިސްޓުކުރެވުނުކަން އަންގާނީ ޝޯޓް ލިސްޓުކުރެވުނު ފަރާތްތަކަށް އެކަންޏެވެ. އިންޓަރވިއުއަށް ޝޯޓް ލިސްޓްކޮށް ނިމުމުން އެކަން މި އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ.
  2. އިންޓަރވިއު ޕްރޮސެސް ކުރިއަށްދާނެގޮތަކީ، (1) ވަނަ ނަންބަރުގައި ވާގޮތަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ލިޔުމުން ޓެސްޓެއް ނުވަތަ ޕްރެޒެންޓޭޝަނެއް ދިނުމެވެ. އަދި ޓެސްޓުން ނުވަތަ ޕްރެޒެންޓޭޝަންއިން އެންމެ މަތީ މާކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކަށް ޑައިރެކްޓް އިންޓަރވިއުއެއް ދިނުމެވެ.

 

އިތުރު މަޢުލޫމާތު:

އިތުރު  މަޢުލޫމާތު  ހޯދުމަށް  ގުޅާނީ،  3348200  ނަންބަރު  ފޯނަށެވެ.  ފެކްސް  ނަންބަރަކީ،  3316430  އެވެ. އީމެއިލް  އެޑްރެހަކީ،  [email protected]  އެވެ.    

06 މާރިޗު 2017