މަސައްކަތް
ނަންބަރު: HDC (161)-PRO/IU/2017/57
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 18:47
ސުންގަޑި: 20 މާރިޗު 2017 14:00
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޝީޓް ޕައިލް ގެ މަސައްކަތްތަކެއް (ޑިޒައިން އެންޑް ބިލްޑް އުސޫލުން) ކޮށްދޭނެ ފަރާތެއް ހޯދުމަށް

އި ޢު ލާ ން

HDC (161)-PRO/IU/2017/57       ނަންބަރ:

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކޯޕަރޭޝަނުން ހުޅުމާލޭގައި ދައްކާ ސަރަހައްދެއްގައި ޝީޓް ޕައިލް ގެ މަސައްކަތްތަކެއް (ޑިޒައިން އެންޑް ބިލްޑް އުސޫލުން) ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު މިކަމަށް ޝައުޤު ވެރިވެލައްވާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި މަސައްކަތުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 200،000.00 (ދެލައްކަ ރުފިޔާ) ހުށަހަޅުއްވަން ވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން60  ދުވަހެވެ. މި މަސައްކަތަށް ހޮވިވަޑައިގަންނަވާ ފަރާތެއް ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ހުށަހަޅުއްވަން ވާނެއެވެ. އަދި މި މަސައްކަތަށް ހޮވިވަޑައިގަންނަވާ ފަރާތަކަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ، އެޑްވާންސް ޕޭމެންޓް ގެރެންޓީއެއް ހުށަހެޅުއްވުމުން، ލިބިވަޑައިގަންނަވާނެއެވެ.

މިޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 09 މާރިޗު 2017 ވާ ދުވަހުގެ 14:00 ގައި، ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަންގެ މައިއޮފީހުގެ ޖަލްސާ ކުރާ މާލަމުގައެވެ. ބިޑް ހުޅުވުން އޮންނާނީ 20 މާރިޗު 2017 ވާ ދުވަހުގެ 14:00 ގައި މިކޯޕަރޭޝަންގެ މައިއޮފީހުގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅުއްވާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

މި ޕްރޮޖެކްޓްގެ ބިޑް ޑޮކިއުމެންޓް މި ކޯޕަރޭޝަންގެ ވެބްސައިޓް https://hdc.com.mv/bids އިން ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އިތުރުމަޢުލޫމާތު ބޭނުންފުޅު ވެލައްވާނަމަ އެޗް.ޑީ.ސީގެ 3355194 ފޯނާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                06 ޖުމާދުލްއާޚިރު 1438

                 05 މާރިޗު 2017

                                             ޚާދިމްކުމް     

 

                                                                       ޔާސިރު ހަސަން

ޕްރޮކިއުމަންޓް މެނޭޖަރ                         

 

05 މާރިޗު 2017