ދެންނެވުން
ނަންބަރު: (A)CA-2017/78
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 12:44
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ގުޅޭ

 ނަންބަރު:A)CA-2017/78)

އިޢުލާން

ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ގުޅޭ

           މި ކޮމިޝަނުގެ އިޢުލާނު ނަންބަރު:A)CA-2017/69) އާއި ހާވާލާދީ ދަންނަވަމެވެ.

2017 އެޕްރީލް 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 2017 މާރިޗު 09 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައެވެ.

            އަދި ދަންނަވަމެވެ، ކެންޑިޑޭޓުންގެ ގުރުއަތުލުން ކުރިއަށްދާނީ އެ ކެންޑިޑޭޓަކު ކުރިމަތިލި ދާއިރާއެއްގެ ކައުންސިލް އިދާރާއެއްގައެވެ. މާލެ ސިޓީއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުން ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަނުގެ އިދާރާގައެވެ.

            ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާނުކުރީމެވެ.

            06 ޖުމާދުލްއާޚިރު 1438

05 މާރިޗު 2017