ދިވެހިރާއްޖެ
އިޢުލާން
ބަޔޮލޮޖިކަލް އެންޑް ބިހޭވިއަރަލް ސާރވޭގެ މަސައްކަތްތައް ކުރުމަށްޓަކައި ތިރީގައި މިދަންނަވާ މަގާމުތަކަށް މީހުން ބޭނުންވެއެވެ. މިވަޒީފާއަކީ ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރަންޖެހޭ ވަޒީފާއެވެ. |
|
މަގާމު |
ފައިނޭންސް އޮފިސަރ |
މީހުން ބޭނުންވާ އަދަދު |
01 (އެކެއް) |
ކޮންޓްރެކްޓްގެ މުއްދަތު |
6 (ހައެއް) މަސް |
މުސާރަ |
މަހަކު -/12,000 ރުފިޔާ |
މަސައްކަތް ކުރަންޖެހޭ ތަން |
ހެލްތް ޕްރޮޓެކްޝަން އެޖެންސީ |
ތަޢުލީމާއި ތަޖުރިބާ |
(އެޗް.އައި.ވީ / ރިސްކް ގްރޫޕްތަކާއި ގުޅުންހުރި ޕްރޮޖެކްޓެއްގައި މަސައްކަތްތައް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.) |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
- މާލިއްޔަތާބެހޭ ގަވާއިދުގައިވާގޮތުގެމަތިން ސާރވޭގެ ބަޖެޓް ބެލެހެއްޓުން. - ސާރވޭގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވައި ފައިސާގެ މުއާމަލާތްތައް ބެލެހެއްޓުން. - ސާރވޭ މަސައްކަތުގެ ތެރޭގައި ލިބޭ ބިލްތަކަށް، އެ ބިލެއްގައިވާ މުއްދަތަށް ގަވާއިދުން ފައިސާ ދެއްކުން - ބަޖެޓުން ޚަރަދުކުރަންޖެހޭ ފައިސާ ޚަރަދުކުރުމުގައި ވައުޗަރ ތައްޔާރުކުރުމާއި، ވައުޗަރަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށް، ގަވާއިދާ އެއްގޮތަށް ޚަރަދުކުރުން. - ފީލްޑް މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ އިދާރީ މަސައްކަތްތައް ކޯޑިނޭޓް ކުރުމުގައި އެހީތެރިވުން. |
މަގާމު |
ފީލްޑް އޮފިސަރ |
މީހުން ބޭނުންވާ އަދަދު |
01 (އެކެއް) |
ކޮންޓްރެކްޓްގެ މުއްދަތު |
6 (ހައެއް) މަސް |
މުސާރަ |
މަހަކު -/12,000 ރުފިޔާ |
މަސައްކަތް ކުރަންޖެހޭ ތަން |
ހެލްތް ޕްރޮޓެކްޝަން އެޖެންސީ |
ތަޢުލީމާއި ތަޖުރިބާ |
(އެޗް.އައި.ވީ / ރިސްކް ގްރޫޕްތަކާއި ގުޅުންހުރި ޕްރޮޖެކްޓެއްގައި މަސައްކަތްތައް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.) |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
- ސާރވޭގެ ފީލްޑް މަސައްކަތް ކުރިއަށްގެންދިއުން - ފީލްޑް މަސައްކަތް ރޭވިފައިވާ ގޮތައްކުރިއަށް ގެންދިއުމަށްޓަކައި އެން.ޖީ.އޯތަކާއި ގުޅިގެން ކުރާ ތައްޔާރީ މަސައްކަތްތައް ކުރިއަށް ގެންދިއުން. - ފީލްޑް މަސައްކަތް ޕްލޭންކުރުމާއި މޮނިޓަރކުރުން. - ފީލްޑް މަސައްކަތް ކުރިއަށް ގެންދިއުމަށްތަކައި ބޭނުންވާ އިދާރީ މަސައްކަތްތައް ބެލެހެއްޓުމާއި އަދި ލިޔެކިއުންތަކާއި ރިޕޯޓްތައް ތައްޔާރުކުރުން. - ފީލްޑް ޓީމުތައް އެކުލަވާލުމާއި އަދި ޓީމުތަކުން ކުރާ މަސައްކަތުގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުން. |
މަސައްކަތް ކުރަންޖެހޭ ގަޑި |
ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް |
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރޭންސްކްރިޕްޓްގެ ކޮޕީ.) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. 3. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. (ޝޯޓް ޓާރމް ޓްރޭނިންގ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 5. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. |
ސުންގަޑި |
މިމަގާމަށް ޝައުގުވެރިވާ ފަރާތްތަކުން 15 މާރިޗު 2017 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގެ ކައުންޓާރ އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. |
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
2017 ވަނަ އަހަރުގެ މާރިޗު މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައި. ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. - މި ވަޒީފާގެ "ޓީ އޯ އާރ" މިމިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. |
އިތުރުމަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014326 ނަންބަރު ފޯނަށެވެ. |