ދިވެހިރާއްޖެ
އިޢުލާން
ވޭސްޓް މެނޭޖްމަންޓް ސެންޓަރ ޢިމާރާތް ކުރުމަށްޓަކައި ނަރުދަމާ ނިޒާމުގެ އިރުން 200’x150’ ބިމެއް މިހާރުވަނީ ފާހަގަކުރެވިފައެވެ. މިބިމުގައި ނައްތާލަންޖެހޭ ގޮތަށް އަދި ބައެއް ރުއްގަސް ހުރުމާއެކު އެރުއްގަހުގައި މިހާރު ހުންނާނީ ގަދަފެހި ކުލައިގެ ދަވާދަކުން 01 ން 15 އަށް ނަންބަރު ޖަހާފައެވެ.
ވީމާ، ދެންނެވިފައިވާ ސަރަހައްދުގައި އެއްވެސް ފަރާތެއްގެ ރުކެއް ގަހެއް ހުރިނަމަ އެއީ ކޮންފަރާތެއްގެ ގަހެއްކަން ނުވަތަ ރުކެއްކަން އެގޭނޭ ގޮތަށް އެރުކެއް އަދި ގަހެއްގައި މިއިދާރާއިން ޖަހާފައިވާ ނަންބަރު 12 މާރިޗް 2017 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ދަންނަވަމެވެ. މިސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމަށްޓަކައި މިއިދާރާގެ ނަންބަރ: 374-C/2017/13 (2017 ( ފެބުރުވަރީ 12) އިޢުލާނުގައިވެސް ދެންނެވިފައި ވާނެއެވެ. މިއީ މި ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށްޓަކައި ކުރެވޭ 02 ވަނަ އިޢުލާނެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.