ދިވެހިރާއްޖެ
އިޢުލާން
އަހަރީ ފީ ނުދައްކާ ކުންފުނިތައް އުވާލުމާގުޅޭ
ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ 7 ވަނަ މާއްދާގެ (ށ)ގެ ދަށުން، ތިރީގައިވާ ކުންފުނިތައް އުވާލުމުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. މިގޮތުން، 28 ފެބްރުއަރީ 2017ގެ ނިޔަލަށް އެކުލަވާލާފައިވާ އަހަރީ ފީ ނުދައްކާ ކުންފުނިތަކުގެ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ. އަދި މި ލިސްޓު މިމިނިސްޓްރީގެ ވެބްވައިޓް www.trade.gov.mv އިން ޑައުންލޯޑުކުރެވެން ހުންނާނެއެވެ.
ލިސްޓުގައި ހިމެނޭ ކުންފުންޏެއްގެ ނަން ކުންފުނީގެ ދަފްތަރުން އުނިކުރުމަށް ބޭނުން ނުވާނަމަ، އެކުންފުންޏަކުން ދައްކަންޖެހޭ އަހަރީ ފީ އަދި ޖޫރިމަނާ ފައިސާގެ ޢަދަދު ދައްކައި ޚަލާޞްކުރުމަށްފަހު، 2 އެޕްރިލް 2017ގެ ކުރިން، ފައިސާ ދެއްކި ކަމުގެ ރަސީދު މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުޞަތު ކޮންމެ ކުންފުންޏަކަށްވެސް އޮންނާނެއެވެ.
މިއިޢްލާނާއެކު ޝާއިޢުކޮށްފައިވާ ލިސްޓުގައި ހިމަނާފައިވާ އެއްވެސް ކުންފުންޏެއްގެ މައްޗައް، އެއްވެސް ދަރަންޏެއް ނުވަތަ ދަޢުވާއެއް އޮތްނަމަ، ނުވަތަ މިއިން އެއްވެސް ކުންފުންޏަކުން، އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ މިއިން އެއްވެސް ކުންފުންޏެއްގެ މައްޗައް އެއްވެސް ފަރާތަކުން ހުށަހަޅާ ދަޢުވާއެއް އޮތްނަމަ، ކަމާގުޅޭ ތަފްޞީލު، 2 އެޕްރިލް 2017ގެ ކުރިން، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި މިދެންނެވި ތަފްޞީލު ހުށަހަޅާފައިނުވާނަމަ، ދަރަންޏެއް ނުވަތަ ދަޢުވާއެއް ނެތީކަމުގައި ބަލާނެ ވާހަކަވެސް ދެންނެވީމެވެ.
އަހަރީ ފީ ނުދައްކާ ކުންފުންޏާގުޅޭ މައްސަލަތައް
ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްމިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްހ. ޕެމީލިއާ ބިލްޑިންގ، ބޮޑުތަކުރުފާނު މަގު،މާލެ، ދިވެހިރާއްޖެ.މިއިޢްލާނާއެކު ޝާއިޢުކޮށްފައިވާ ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏެއްގެ މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ.