ދިވެހިރާއްޖެ
މަދުރަސަތުލް ސުލްޠާން މުޙައްމަދު
ގއ.ދެއްވަދޫ
ދިވެހިރާއްޖެ ނަމްބަރ: 02/GS-200/2017
މި މަދުރަސާގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ! |
މި މަދްރަސާގެ 2017 ވަނަ އަހަރުގެ ސެކިއުރިޓީ ބެލެހެއްޓުމަށް މި މަދްރަސާގެނަމްބަރGS-200/2017/01 ( ފެބްރުއަރީ 08-2017) ގައި ކުރި އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލައިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝަވްޤުވެރިވާ ފަރާތްތަކުން ތިރީގައިމިވާ ތާރީޚް ތަކުގައި މި މަދުރަސާއަށް ދުރުވެ މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަމްބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަމްބަރ 2014/19 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުން: 07 މާރޗް 2017 (އަންގާރަ) ދުވަހުގެ 11.00 ގައި.
އެސްޓިމޭޓް ހުށަހެޅުން: 13 މާރޗް 2017 (ހޯމަ) ދުވަހުގެ 11.00ގައި.
03 ޖުމާދިލްއާޚިރާ 1438
02 މާރޗް 2017