ދިވެހިރާއްޖެ
ނަންބަރު:(IUL)243-SO1/INDIV/2017/21
އިޢުލާން
ފުވައްމުލަކު ބަނދަރު ސަރަޙައްދުން 1000 އަކަފޫޓުގެ 10 ބިން ކުއްޔަށް ދޫކުރުން:
ފުވައްމުލަކު ބަނދަރު ސަރަޙައްދުން 1000 އަކަފޫޓުގެ 10 ބިން 20 އަރަށްވުރެ ދިގުނޫން މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.
ބިން ކުއްޔަށް ދޫކުރުމުގައި ބިމުގައި ކުރަން ޤަޞްދުކުރާ މަސައްކަތެއްގެ ބާވަތަށާއި، ފުވައްމުލަކު ރައްޔިތުންނަށް ހުޅުވާލާ ވަޒީފާގެ ފުރުޞަތަށާއި، އެންމެ ބޮޑު ކުއްޔެއް ހުށަހަޅާ ފަރާތަކަށް އިސްކަން ދެވޭނެއެވެ.
ވީމާ، މިބިންތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން 14 މާޗް 2017 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 މާޗް 2017 ވާ އަންގާރަ ދުވަހުގެ 13:00 އަށް ބިމުގައި ކުރާނެ މަސައްކަތެއް އެގޭގޮތަށް އަގު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ހުށަހެޅުންތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ހުށަހެޅުންތައް ބާޠިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.
1 މާޗް 2017