ދިވެހިރާއްޖެ
`
މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ޤައުމީ ފަންޑުގެ ގަވަރނިންގ ބޯޑު
މާލެ، ދިވެހިރާއްޖެ
މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ޤައުމީ ފަންޑުގެ ފައިސާ ޚަރަދުކުރި ގޮތުގެ ރިޕޯޓް
ތަޢާރަފް
މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ޤައުމީ ފަންޑަކީ، ޤާނޫން ނަމްބަރ 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް ރިޢާޔަތްކޮށް، ޤާނޫން ނަމްބަރ 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫން) ގައިވާ ގޮތުގެމަތިން އުފައްދާފައިވާ ފަންޑެކެވެ. އަދި މި ރިޕޯޓަކީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 170 ވަނަ މާއްދާގައި، އިސްވެ ބަޔާންކުރެވުނު ފަންޑަށް ކޮންމެ އަހަރަކު ލިބުނު ފައިސާގެ ޖުމްލަ ޢަދަދާއި ފަންޑުގެ ފައިސާ ޚަރަދުކުރިގޮތް ބަޔާންކުރާ ރިޕޯޓެއް ވިދިގެން އަންނަ އަހަރުގެ ފެބުރުވަރީ މަސް ނިމުމުގެ ކުރިން ތައްޔާރުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ބަޔާންކޮށްފައިވާތީ، އެމާއްދާއަށް ރިޢާޔަޔްކޮށް އެކުލަވާފައިވާ ރިޕޯޓެކެވެ.
ފަންޑަށް ފައިސާ ޖަމާކުރެވޭނެ ގޮތް
މި ފަންޑަށް ޖަމާކުރެވޭނީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ދައުލަތަށް ނެގޭ ފައިސާއާއި، ދައުލަތަށް ނެގޭ މުދާ ނީލަމުގައި ވިއްކައިގެން ލިބޭ ފައިސާ އަދި މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތައް އެކި ފަރާތްތަކުން ހަދިޔާކުރާ ފައިސާއެވެ.
ފަންޑުން ޚަރަދުކުރެވޭނެ ކަންކަން
މި ފަންޑުން ޚަރަދުކުރެވޭނީ، މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމުގެ މަސައްކަތަށާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ޚިދުމަތް ރަނގަޅުކުރުމަށް އަދި މަސްތުވާތަކެއްޗައިބެހޭ ޤާނޫނުގެ މަޤްޞަދުތައް ޙާޞިލްކުރުމަށެވެ.
ޚަރަދުކުރެވޭނެ ގޮތް
މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައިވާ މަޤްޞަދުތައް ޙާސިލްކުރުމުގެ މަސައްކަތްތައް ތަންފީޛުކުރާ ކޮންމެ އިދާރާއަކުންވެސް ފަންޑުން ފައިސާ ޚަރަދުކުރަން ބޭނުންވާ ކަންތަކުގެ ތަފްޞީލު ހިމެނޭ ޕްރޮޕޯސަލެއް ފަންޑުގެ ގަވަރނިންގ ބޯޑަށް ހުށައެޅިދާނެއެވެ. އަދި އެގޮތުން ހުށައެޅުމެއްލިބުމުން، އެހުށައެޅުން ދިރާސާކޮށް، ފަންޑުން ފައިސާ ޚަރަދުކުރުމުގެ ހުއްދަ ދެވިދާނެއެވެ. މީގެ އިތުރުން، މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ޤައުމީ ފަންޑުގެ ގަވަރނިންގ ބޯޑަށް އިތުރު ހުށަހެޅުމަކާ ނުލައި، ބޯޑުގެ އަމިއްލަ އިސްނެގުމުގެ މަތިން، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ފަންޑުން ޚަރަދުކުރުން ހުއްދަ ކަންކަމަށް ޚަރަދުކުރަން ކަނޑައެޅިދާނެއެވެ.
ބޯޑު އެކުލަވާލުން އަދިި ގެނެވުނު ބަދަލުތައް
މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ޤައުމީ ފަންޑު ހިންގައި ބެލެހެއްޓުމަށާއި ފަންޑުން ޚަރަދުކުރާނެ ކަންކަމާ ބެހޭގޮތުން ނޭޝަނަލް ޑްރަގް އެޖެންސީއަށް ލަފާދިނުމަށް 7 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ގަވަރނިންގ ބޯޑެއް މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި 2012 ވަނަ އަހަރު ރައީސުލްޖުމުހޫރިއްޔާ ވަނީ ޢައްޔަންކުރައްވާފައެވެ. އަދި 2016 ފެބްރުވަރީ 18ގެ ފަހުން މި ބޯޑަށް ބަދަލެއް ގެންނަވާފައެއް ނުވެއެވެ.
ފަންޑަށް ލިބުނު ފައިސާ އަދި ޚަރަދުކުރުން
2016 ވަނަ އަހަރުގެ ފެބުރުވަރީ އިން 2017 ފެބްރުވަރީ 28 އަށް މި ފަންޑަށް ޖަމާކުރެވުނު އަދި ޚަރަދުކުރެވުނު ފައިސާގެ ތަފްޞީލް:
ތަފްޞީލް |
ބާކީ |
ޚަރަދު |
ޖަމާކުރި |
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން ޖަމާކުރައްވާފައިވާ |
85,000.00 |
|
85,000.00 |
ކްލަޔަންޓުންނަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް (މައުރަޒަށް ތަކެތި ތައްޔާރުކުރުމަށް ) |
80,000.00 |
5,000.00 |
|
މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަސްތުވާތަކެތީގެ މައްސަލައިގެ ފުލުހުންގެ ބެލުމުގެ ދަށަން ގެނެވުނު ފައިސާގެ ތެރެއިން ފަންޑަށް ލިބުނު (18.01.2017) |
214,050.00 |
|
134,050.00 |
މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަސްތުވާތަކެތީގެ މައްސަލައިގެ ފުލުހުންގެ ބެލުމުގެ ދަށުން ގެނެވުނު ފައިސާގެ ތެރެއިން ފަންޑަށް ލިބުނު (18.01.2017) |
538,580.00 |
|
324,530.00 |
ޖުމްލަ: |
538,580.00 |
5,000.00 |
543,580.00 |
27 ފެބްރުވަރީ 2017