މަސައްކަތް
ނަންބަރު: (IUL)426-AA/426/2017/32
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 01 މާރިޗު 2017 11:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީގެ ގައުކެނޑި ކޯޒްވޭގައި ފެންސް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އައްޑޫސިޓީގެ ގައުކެނޑި ކޯޒްވޭގައި ފެންސް ހަރުކުރުމުގެ މަސައްކަތް

 

އައްޑޫސިޓީގެ ގައުކެނޑި ކޯޒްވޭގައި ފެންސް ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

 

ވީމާ މިއިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 01 މާރިޗު 2017 ވާ ބުދަދުވަހުގެ ހެނދުނު 11:00 އަށް މި  އިދާރާއަށް  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 07 މާރިޗު 2017 ވާ އަންގާރަ  ދުވަހުގެ ހެނދުނު 11.00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ އެވެ.          

 

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލް ގައެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް  ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

 

29 ރަބީޢުލްއައްވަލް 1438

28 ފެބުރުވަރީ 2017