ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-PRJ/1/2017/10
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 20 އޭޕްރިލް 2017 12:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕްރިންސަސް ސްރިނަގަރިންދްރާ އެވޯޑް 2017 އާއިގުޅޭ

އިޢުލާން 

 

ތައިލޭންޑްގެ ޕްރިންސަސް، ޕްރިންސަސް ސްރީނަގަރިންދްރާގެ އުފަންދުވަހާއި ގުޅުވައިގެން ތަޢާރަފްކޮށްފައިވާ "ޕްރިންސަސް ސްރީނަގަރިންދްރާ އެވޯޑް 2017" އަށް ކުރިމަތިލުމުގެ ފުރުސަތުވަނީ ޢާއްމުކޮށް ހުޅުވާލާފައެވެ.

ވީމާ، މި އެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނޮމިނޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 20 އޭޕްރިލް 2017 ( ބުރާސްފަތި) ދުވަހުގެ 12:00ގެ ކުރިން މިނިސްޓްރީ އޮފް ހެލްތްގެ ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތް ޑިވިޜަން އަށް އެޑްރެސްކޮށް ފޮނުވައިދެއްވުމަށް އެދި ދަންނަވަމެވެ.

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު މިކަމާއިގުޅޭ ވެބްސައިޓް އިން ލިބިވަޑައިގަންނަވާނެއެވެ. http://www.princes-srinagarindraaward.org  އަދި މިމިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަރނޭޝަނަލް ހެލްތު ޑިވިޜަން (3014472) އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

01  ޖުމާދަލްއާޚިރާ  1438ހ

 

28 ފެބުރުވަރީ 2017