ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-CAFA/248/2017/21
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 21 ފެބުރުވަރީ 2017 00:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑު މަރާމާތު ކުރުމާއިބެހޭ

`

 

 

ޞުލްޙަވެރިކަން ރައްޔިތުންނަށް – ސަމާލުކަން ތަހުޒީބަށް

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

 އިހަވަންދޫ                            

ދިވެހިރާއްޖެ                           ނަމްބަރ:   (IUL)248-CAFA/248/2017/21 

                                                       

އިޢުލާން

 

 

ހއ. އިހަވަންދޫ ފުޓްސަލް ދަނޑުގައި ހުރި މަރާމާތުތައް ކުރަން ބޭނުން ވެގެން މިއިދާރާއިން ކުރި (IUL)248-CAFA/248/2016/133  (19 ޑިސެމްބަރ 2016) ގެ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައި ނުވާތީ، އެ އިޢުލާނު ބާޠިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ، އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 މާރިޗް 2017 ވާ އަންގާރަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 21 މާރިޗް 2017 ވާ އަންގާރަ ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

 

މަޢުލޫމާތު ސާފު ކުރައްވައި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ކުންފުނި، ނުވަތަ ޕާޓްނަރޝިޕް، ނުވަތަ ލޯކަލް އިންވެސްޓްމަންޓް، ނުވަތަ ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތް ތަކުންނެވެ. މަޢުލޫމާތު ސާފު ކުރުމަށް ވަޑައި ގަންނަވާއިރު، ކުންފުނި، ނުވަތަ ޕާޓްނަރޝިޕް، ނުވަތަ ލޯކަލް އިންވެސްޓްމަންޓް، ނުވަތަ ފަރުދީ ވިޔަފާރި ރަޖިސްޓަރީއާއި ހުއްދަ ލިބިފައިވާ މަސައްކަތްތަކުގެ ކޮޕީއެއް ހުށައަޅަން ވާނެއެވެ. އަދި ހުއްދަ ލިބިފައިވާ ފަރާތުގެ ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވަން ވާނީ އެކަން އެނގޭނެ ރަސްމީ ސިޓީއަކާ އެކުގައެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް ހއ. އިހަވަންދޫ ފުޓްސަލް ދަނޑުގައި ހުރި މަރާމާތުތައް ކުރުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

30 ޖުމާދަލްއޫލާ 1438

27 ފެބުރުވަރީ  2017  

ޚާދިމްކުމް 

 

 

 

 

ޢަބްދުލްމުޢީދު އިބްރާހީމް

އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް

 

-/ޢސމ

 

27 ފެބުރުވަރީ 2017