ދިވެހިރާއްޖެ
އައި.ޑީ.ބީ އެމް.އެސް.ސީ ސްކޮލަރޝިޕް ޕްރޮގްރާމް 2017/2018 |
||
މުއްދަތު: 2 އަހަރު |
މާސްޓަރސް ޑިގްރީ |
ކޯހުގެ ފެންވަރު: |
ސައިންސް އެންޑް ޓެކްނޮލޮޖީ |
ކޯހުގެ ދާއިރާ: |
|
ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލިބުނު ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލިބުނު ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1 އަހަރުދުވަހު ޚިދުމަތްކޮށްފައިވުން. ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ ޚިދުމަތްކުރުމުގެ މުއްދަތެއް ނުގުނޭނެއެވެ. 5. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާ ޚަލާސްކޮށްފައިވާ ފަރާތެއްކަމުގައިވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ އެއްވެސް ޝަރުތަކާއިހެދި 'ޑިސްކޮލިފައި'ވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މިއިޢުލާންގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ހާއްސަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުންނެއެވެ. މިއުސޫލު މިޑިޕާރޓްމަންޓްގެ ވެބްސައިޓް: www.dhe.gov.mv ގައި އަޕްލޯޑްކުރެވިފައިވާނެއެވެ. |
ޝަރުތު: |
|
- ރެފަރެންސް ލެޓަރގެ ނަމޫނާ އިޢުލާނާއެކު މިޑިޕާޓްމަންޓްގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާނެއެވެ. އަދި މީގެތެރެއިން 2 ރެފަރަންސް ވާންޖެހޭނީ އެކަޑަމިކް ރެފަރަންސް ލެޓަރއަށެވެ.
|
އިތުރު މަޢުލޫމާތު: |
|
|
ހުށަހަޅަންޖެހޭ ތަކެތި: |
|
ސުންގަޑި: 2017 ޖަނަވަރީ 31 ވާ އަންގާރަދުވަހުގެ 13.30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށްލައި ބަންދުކޮށް އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މި ޑިޕާޓްމަންޓުގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ. |
||
ކޯހަށްއެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް ވެލާނާގޭ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރުން ލިބޭނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓުން (http://www.dhe.gov.mv) ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު 3341380 / 3341307 ނަންބަރު ފޯނުން ލިބޭނެއެވެ. |