ދިވެހިރާއްޖެ
އިޢުލާން
އެސް.ޓީ.އޯ އައި.ޖީ.އެމް.އެޗް ބޭސްފިހާރަ މަަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.
އެސް.ޓީ.އޯ އައި.ޖީ.އެމް.އެޗް ބޭސްފިހާރަ މަަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލަމެވެ.
މަސައްކަތުގެވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2017 މާރިޗު 05 ވާ ދުވަހުގެ 1000 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސްދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2017 މާރިޗު 05 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މަޢުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2017 މާރިޗު 06 ވަނަ ދުވަހުގެ 1500 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ އައި.ޖީ.އެމް.އެޗް ބޭސްފިހާރައިގައި އޮންނާނެއެވެ.
ސުވާލާއިޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2017 މާރިޗު 11 ވަނަ ދުވަހުގެ 1000 ގެ ކުރިން އީމެއިލުން ފޮނުއްވަންވާނެއެވެ. އަދި 2017 މާރިޗު 13 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2017 މާރިޗު 19 ވަނަ ދުވަހު 1500 ގައި އެސް.ޓީ.އޯ ހެޑު އޮފީހުގައެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯނު: 3344180، 3344196
ފެކުސް: 3344633
އީމެއިލް: [email protected]
27 ފެބުރުވަރީ 2017