މަސައްކަތް
ނަންބަރު: MWSC-A/7/ADV/2017/016
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 09:24
ސުންގަޑި: 02 މާރިޗު 2017 23:59
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީ ގެ ފަރާތުން ކަނޑުމަގުން ގެންނަ ކާރގޯ އެމް.ޕީ.އެލްއިންް ކްލިއަރކޮށްގެން ޑެލިވަރކޮށްދޭނެ ފަރާތެއް ހޯދުން - ރީޓެންޑަރް

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

 

މިކުންފުނީގެ އިއުލާން (ނަމްބަރ: MWSC-A/7/ADV/2016/168) އާއި ގުޅިގެން ލިބުނު ބިޑްތައް، މި މަސައްކަތަށް ގެނެވުނު ބަދަލުތަކަކާއި ގުޅިގެން ވަނީ ބާތިލް ކުރެވިފައެވެ. ވީމާ މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުސަތު އަލުން އާންމުކޮށް ހުޅުވާލަމެވެ.

މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތަށް އެމް.ޑަބްލިޔު.އެސް.ސީ އަށް ކަނޑުމަގުން ގެންނަ ޝިޕްމަންޓްތައް އެމް.ޕީ.އެލް އިން ކްލިއަރކޮށްގެން އެމް.ޑަބްލިޔު.އެސް.ސީ މާލެ، ވިލިމާލެ، ހުޅުމާލެ އަދި ގުޅިފަޅުގެ ސައިޓްތަކަށް ޑެލިވަރ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 300.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 28 ފެބްރުއަރީ 2017 އިން 02 މާރިޗް 2017 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 03:00 އަށް އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، ދެވަނަ ފަންގިފިލާ) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 05 މާރިޗް 2017 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ އިންނެވެ.

ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 07 މާރިޗް 2017 ވާ ދުވަހު 14:00 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 13 މާރިޗް 2017 ވާ ދުވަހު 14:00 އެވެ.

 

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

27 ފެބުރުއަރީ 2017

28 ފެބުރުވަރީ 2017