އިޢުލާން
ވަޒީފާގެ ފުރުޞަތު:
ތިރީގައި މިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު: އޮޑިޓަރ
ބޭނުންވާ އަދަދު: 03
މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ އިންޓާރނަލް އޮޑިޓް ޑިޕާޓްމަންޓް
މާޤާމާ މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތައުލީމީ ސަރޓިފިކެޓް ތަކަށާއި މަސައްކަތު ތަޖުރިބާއަށް ބެލެވޭނެ
އެހެނިހެން ޢިނާޔަތްތައް:
- އިތުރު އެލަވަންސް: މަހަކު -/2500 ރުފިޔާއާއި -/5000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
- އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
- ޕެންޝަން
- ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
- މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)
މަޤާމުގެ މަސްއޫލިއްޔަތު:
- އެނުއަލް އޮޑިޓް ޕްލޭންގެ ދަށުން އިންޓާނަލް އޮޑިޓްތައްރާވައި ހިންގުން.
- ޚާއްސަ އޮޑިޓްތައް ހިންގުން
- އޮޑިޓް ރިޕޯޓް ތައްޔާރުކޮށް މެނޭޖަރ އަދި ޗީފް އިންޓާނަލް އޮޑިޓަރަށް ޕްރެޒެންޓް ކުރުން
- އޮޑިޓް ޑިޕާރޓްމަންޓްގެ އިދާރީ މަސައްކަތްތައްް ކުރުން
ތަޢުލީމާއި ތަޖުރިބާ:
- އޭސީސީއޭ ސްކިލްސް (ލެވެލް 2) ފުރިހަމަކޮށްފައިވުން ނުވަތަ ސީ.އައި.އެމް.އޭ ގެ މެނޭޖްމަންޓް ލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ އެއާ އެއްފެންވަރުގެ އެކައުންޓިންގ / ފައިނޭންސްދާއިރާއިން ޑިގްރީ ނުވަތަ އެޑްވާންސްޑް ޑިޕްލޮމާއެއް ހާސިލްކޮށްފައިވުން.
- މައިކްރޯސޮފްޓް އޮފީސް ޕެކޭޖު ބޭނުންކުރަން އެގުން.
- އޮޑިޓް ނުވަތަ އެކައުންޓިންގ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ސުންގަޑި:
- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 މާރިޗު 07 ވާ އަންގާރަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.
- އެޕްލިކޭޝަން ފޯމު މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.
ނޯޓް:
- ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
- މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ.
- މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކަށް ބަލާފައެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް
20345 ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ
ފޯން: 3344261 ވެބްސައިޓް: www.sto.mv
26 ފެބުރުވަރީ 2017 |