ދިވެހިރާއްޖެ
`
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ Maldives Transport Authority
މާލެ، ދިވެހިރާއްޖެ Male’, Republic of Maldives
ނަންބަރ :IUL)202/A/1/2017/22)
ޢިއުލާން
މި އޮތޯރިޓީގެ މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިޢުލާން ކުރަމެވެ.
01. މަގާމް |
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ |
ބޭނުންވާ އަދަދު |
1 |
މަޤާމް ނަމްބަރު |
J-229704 |
މަގާމުގެ ކްލެސިފިކޭޝަން |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
ރޭންކް |
ޖީ. އެސް. 4 |
މުސާރައާއި އިނާޔަތްތައް |
|
މުސާރަ |
-/5,020 ރުފިޔާ |
ސަރވިސް އެލަވަންސް |
-/1,500 ރުފިޔާ |
މެޑިކަލް އިންޝުއަރެންސް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެއެވެ. |
އިތުރު ގަޑި: |
އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން |
|
މަޤާމް އޮތް އޮފީހުގެ ނަން |
މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ |
ވަޒީފާ އަދާކުރަންޖެހޭ ތަން |
މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ |
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް |
އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭންސް ސެކްޝަން / ކޯޕަރޭޓް ސަރވިސް ޔުނިޓް / ބަޖެޓިންގ ، އެކައުންޓްސް އެންޑް ރެވެނިއު ސަބް ޔުނިޓް |
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
|
މަޤާމުގެ ޝަރުތުތައް |
|
އަސާސީ ޝަރުތު |
ނުވަތަ
ނުވަތަ
|
02. މަގާމް |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ބޭނުންވާ އަދަދު |
1 |
މަޤާމް ނަމްބަރު |
J-229719 |
މަގާމުގެ ކްލެސިފިކޭޝަން |
އޮފިސަރ ގްރޭޑް 1 |
ރޭންކް |
ޖީ.އެސް 3 |
މުސާރައާއި އިނާޔަތްތައް |
|
މުސާރަ |
-/4,465 ރުފިޔާ |
ސަރވިސް އެލަވަންސް |
-/1,500 ރުފިޔާ |
މެޑިކަލް އިންޝުއަރެންސް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެއެވެ. |
އިތުރު ގަޑި: |
އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން |
|
މަޤާމް އޮތް އޮފީހުގެ ނަން |
މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ |
ވަޒީފާ އަދާކުރަންޖެހޭ ތަން |
މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ |
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް |
އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭންސް ސެކްޝަން / ކޯޕަރޭޓް ސަރވިސް ޔުނިޓް / އެގްޒެކެޓިވް ބިއުރޯ ސަބް ޔުނިޓް |
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1- ޗެއަރމަން އަށް ބޭނުންވާ އިދާރީ މަސައްކަތްތައް ކުރުމާއި ޗެއަރމަން ބާއްވަވާ ބައްދަލުވުންތައް ކަނޑައެޅިފައިވާ ވަގުތަށް އިންތިޒާމުކުރުމާއި މީޓިންގ ރޫމްގެ ބުކިންގ އާއި ޝެޑިއުލްތައް 01 ދުވަސް ކުރިން ހެދުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ ތައްޔާރީތައް މީޓީންގ ބޭއްވުމަށް ހަމަޖެހިފައިވާ ވަގުތުގެ 15 މިނިޓް ކުރިން ކުރުމާއި ބައްދަލުވުމުގެ ޔައުމިއްޔާތައް ލިޔުމަށްފަހު ކަނޑައެޅިފައިވާވަގުތަށް ޔައުމިއްޔާތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމަށްފަހު ފައިލްކުރުން.
2- އެކިފަރާތްތަކުން ޗެއަރމަންއަށް ފޮނުއްވާ ސިޓީތަކަށް ޗެއަރމަން ދެއްވާ ޖަވާބު އެފަރާތްތަކަށް ފޮނުވުމާ ޗެއަރމަންގެ އެޕޮއިންޓްމަންޓްތައް ޝެޑިއުލްކުރުމާއި އިދާރީ ގޮތުން އޮތޯރިޓީން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ،ނޯޓް އަދި މެމޯ ފަދަ ތަކެތި ފޮނުވަންޖެހޭ ވަގުތަށް ފޮނުވުން.
3- ޗެއަރމަންއާއި ބައްދަލުކުރައްވަން ވަޑައިގަންނަވާ ބޭފުޅުންނަށް މެޙްމާންދާރީ އަދާކުރުމާއި އެކިއެކި ޚިދުމަތްތަކަށް އަންނަ މީހުންނަށް އެހީތެރިވެ މަގުދައްކައި ޚާއްސަ މެހެމާނުންގެ ރިފްރެޝްމަންޓް ތައްޔާރުކުރުން.
4- އެސެޓް ރެޖިސްޓަރ ބެލެހެއްޓުމުގެ މަސައްކަތް ޤަވާއިދާއި އެއްގޮތަށް ކުރުމާއިއެކު، މިހާރު އެކުލަވާލަމުންގެންދާ އެސެޓް ރެޖިސްޓަރގައި އަގުނުލިބިހުރި އެސެޓްތަކަށް އަގުހޯދުމަށްޓަކައި ސެކްޝަންގެ ވެރިންނާއި އަދި ބަޖެޓް ސެކްޝަނާއި ގުޅިގެން މަސައްކަތްކުރުން.
5- އޮތޯރިޓީގެ އަހަރީ ރިޕޯޓް ނިންމުމަށްޓަކައި ސެކްޝަންތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމަށްފަހު އަހަރީ ރިޕޯޓް ކޮމްޕައިލްކުރުމަށްފަހު ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 15 ގެ ކުރިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. |
މަޤާމުގެ ޝަރުތުތައް |
|
އަސާސީ ޝަރުތު |
1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ނުވަތަ ހިޔުމަން ރިސޯސް އާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ނުވަތަ ހިޔުމަން ރިސޯސް އާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ
|
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
|
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. - ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން. - ކޮމްޕިއުޓަރ އަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން. |
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާން ބާއްވާނެ ތާރީޚާއި ތަން |
|
އިންޓަރވިއު ކުރުން: |
- މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައެވެ. - މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިމަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 މަސް ތެރޭގައެވެ. - އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ. - އިންޓަރވިއުގެ އިތުރުން، ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާގުޅޭ މަޢުލޫމާތު އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
|
އެދެންވީ ގޮތާއި ސުންގަޑި |
މިމަޤާމަށް ކުރިމަތިލުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައި ބަޔާންކުރެވިފައިވާ އެހެނިހެން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު 09 މާރިޗު 2017 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބިނުކަން ކަށަވަރުކުރާ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި، ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބިނުކަން ކަށަވަރުކުރާ ފޯމު މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ www.transport.gov.mv ގެ ވެބްސައިޓުން މި ފޯމުތައް ޑައުންލޯޑުވެސް ކުރެވޭނެއެވެ. 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ: (ހ) ރާއްޖެއިންބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 4- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ، މުއްދަތު ހަމަނުވާ ކޮޕީއެއް) 6- ދައުލަތް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ 7- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 8- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެއޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން. |
އިތުރު މަޢުލޫމާތު:
- ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމް މި އޮތޯރިޓީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 14:00 އަށް ލިބެން ހުންނާނެއެވެ.
- މީގެއިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި އޮތޯރިޓީގެ ގެ ނަމްބަރު: 3343420 / 3343421 އަށް ގުޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
30 ޖުމާދަލްޢޫލާ 1438
27 ފެބްރުއަރީ 2017