މަސައްކަތް
ނަންބަރު: (IUL)253/253/2017/32
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 09 މާރިޗު 2017 09:30
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2017 ވަނަ އަހަރު ކޮންޓްރެކްޓް އުޞޫލުން ކުނިކޮށި ސާފުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މިރަށުގެ 2 ކުނިކޮށި 2017 ވަނައަހަރު ސާފްކޮށް ބެލެހެއްޓުން

މި ރަށުގެ 2 ސަރަހައްދުގައި ހެދިފައިވާ ކުނިކޮށި ކޮންޓްރެކްޓް އުސޫލުން 2017 ވަނަ އަހަރު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށާއި އިޖުތިމާއީގޮތުން މަސައްކަތްކުރާ ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި އަދި ކޮމެޓީތަކަށެވެ.

ވީމާ، ކޮންޓްރެކްޓް އުސޫލުން މި މަސައްކަތް ކޮށްދިނުމަށް އެދޭފަރާތްތަކުން 2017 މާރިޗު 9 ވާ ބުރާސްފަތި ދުވަހުގެ 09:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2017 މާރިޗު 12 ވާ އާދީއްތަ ދުވަހުގެ 09:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500029 ނަންބަރު ފޯނާއި  ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

 30 ޖުމާދަލްއޫލާ 1438

 27 ފެބުރުވަރީ 2017

27 ފެބުރުވަރީ 2017