ދިވެހިރާއްޖެ
އިޢުލާން
މަރްކަޒުން ބާއްވާ ޤުރްއާން މުބާރާތުގެ ބައެއް މަސައްކަތް ކުރާނެ ކޯޑިނޭޓަރެއް ބޭނުންވެއްޖެ
ބޭނުންވާ ޢަދަދު : 1
މަޤާމުގެ ބާވަތް: ވަގުތީ
މަޤާމުގެ މުއްދަތު: މުބާރާތާގުޅުންހުރި އެންމެހާ ކަމެއް ނިމިއްޖެ ކަން މަރްކަޒުން ކަނޑައަޅަންދެން.
މަޤާމުގެ އުޖޫރަ: މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް -/100 ރުފިޔާ (ވޭޖް އުޞޫލުން)
މަޤާމުގެ އަސާސީ ޝަރުޠު:
- ޤައުމީ ތަޢުލީމީ ފްރޭމް ވާރކުގެ ދަށްވެގެން އެޑްވާންސްޑް (ލެވެލް 4ގެ) ސެޓްފިކެޓު އޮތުން.
- ޝަހާދާ އައްޘާނަވިއްޔާ ޙާޞިލްކޮށްފައިވުން.
- ޢަރަބި ބަހުން ލިޔުން ތައްޔާރު ކުރުމާއި، ފަރިތަ ކަމާއެކު އެބަހުން ވާހަކަ ދައްކައި މުޢާމަލާތްކުރަން އެގުން.
- ޢަރަބި ބަހުން ހުންނަ ލިޔުންތައް ދިވެހި ބަހަށް ތަރުޖަމާކުރަން އެގުން.
- މަރްކަޒުން ދޭ ބަސްދީ ގަތުމުން ފާސްވުން.
މީގެއިތުރުން، ތިރީގައި އެވާ ކަންތައްތައް ފުރިހަމަވާ ފަރާތަކަށް އިސްކަން ދެވޭނެއެވެ.
- ޢަރަބި ގައުމެއްގައި ގިނަ ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.
- އަދި ރާއްޖޭގައި ބޭއްވި ޤުރްއާން މުބާރާތެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- މުބާރާތުގެ ކެންޑިޑޭޓުންގެ ޑޭޓާބޭސް ތައްޔާރުކުރުމުގެ ކަންތައް މެނޭޖްކުރުން.
- މުބާރާތުގެ ކެންޑިޑޭޓުންގެ ލިސްޓުތައް ތައްޔާރުމުގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
- މުބާރާތުގެ ފަނޑިޔާރުންގެ އެންމެހާ ކަންތައްތައް ވިލަރެސްކޮށް ބެލެހެއްޓުން.
- މުބާރާތުގެ ބައިވެރިންގެ ދަތުރުފަތުގެ ކަންތައް އިންތިޒާމްކޮށް ބެލެހެއްޓުން.
- ބައިނަލް އަޤްވާމީ ޤުރްއާން މުބާރާތްތަކުގެ ފަތްފުށްތައް ދިރާސާކޮށް އެފަދަ މުބާރާތް އިންތިޒާމްކުރާ ފަރާތްތަކާ މުޢާމަލާތްކޮށް ރާއްޖޭގެ މުބާރާތްތަކަށް ފަންނީ އެހީ ހޯދުމުގެ މަސައްކަތް ކުރުން.
ނޯޓް: މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އޮވަރ ކޮލިފިކޭޝަން ފަރާތްތައް ޑިސްކޮލިފައި ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް 9861376 ނަމްބަރާ ގުޅުވުން އެދެމެވެ.
ވީމާ، މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 02 މާރިޗް 2017 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން ކީރިތި ޤުރްއާނާބެހޭ މަރްކަޒަށް ލިބިވަޑައިގެންފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ( އެޓެސްޓް ކުރެވިފައިވާ ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު ސިޓީފޮނުއްވުން އެދެމެވެ.
29 ޖުމާދަލްއޫލާ 1438
26 ފެބްރުއަރީ 2017