ދިވެހިރާއްޖެ
އިޢުލާން
ދިއްގަރު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން
މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، 01 އޭޕްރީލް 2017 އިން 31 މާރިޗް 2018 ގެ ނިޔަލަށް، ކޮންޓްރެކްޓް އުސޫލުން މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓަވައި ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް | ތަން | ތާރީޚް | ދުވަސް | ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން | ޖަލްސާކުރާ މާލަމް | 06 މާރިޗް 2017 | ހޯމަ | 11:00 |
އަންދާސީހިސާބު ހުށަހެޅުން | ޖަލްސާކުރާ މާލަމް | 09 މާރިޗް 2017 | ބުރާސްފަތި | 11:00 |
މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
26 ޖުމާދަލްއޫލާ 1438
23 ފެބުރުއަރީ 2017