ވަޒީފާގެ ފުރުޞަތު
ނަންބަރު: WAMCO-CA/IUL/2017/29
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 07 މާރިޗު 2017 12:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް އޮފިސަރ

އިޢުލާން

ނަންބަރު:WAMCO-CA/IUL/2017/29

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އޮފިސަރ

މުސާރައާއި ޢިނާޔަތްތައް

-/12,000 އާއި -/ 17,000ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) / ކޯޕަރޭޓް އެފެއާޒް

ބޭނުންވާ އަދަދު

01

ޝަރުޠު

  1. މާކެޓިންގ / ކޮމިއުނިކޭޝަންސް / ޕަބްލިކް ރިލޭޝަންސްއާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެންވަޔަރަންމަންޓް / ވޭސްޓް މެނޭޖްމެންޓް / ޕޮލިސީ އެންޑް ޕްލޭނިންގގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މާކެޓިންގ / ކޮމިއުނިކޭޝަންސް / ޕަބްލިކް ރިލޭޝަންސްއާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެންވަޔަރަންމަންޓް / ވޭސްޓް މެނޭޖްމެންޓް / ޕޮލިސީ އެންޑް ޕްލޭނިންގ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. މާކެޓިންގ / ކޮމިއުނިކޭޝަންސް / ޕަބްލިކް ރިލޭޝަންސްއާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެންވަޔަރަންމަންޓް / ވޭސްޓް މެނޭޖްމެންޓް / ޕޮލިސީ އެންޑް ޕްލޭނިންގ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  4. އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުން،
  5. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން،
  6. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކޯޕަރޭޝަންގެ މާކެޓިންގ ޕްލޭން ތައްޔާރުކުރުމުގައި އެހީތެރިވެދިނުމާއި، އެ ޕްލޭނުގައި ހިމެނިފައިވާ ހަރަކާތްތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  2. ކޯޕަރޭޝަންގެ ޕާޓްނަރުންނާއި ސްޓޭކްހޯލްޑަރުންނާއެކު ކުރަންޖެހޭ މުޢާމަލާތުތައް ކުރުން.
  3. ކޯޕަރޭޝަންގެ ފަރާތުން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތް ހަރުދަނާކޮށް ތަރައްޤީކުރުމަށްޓަކައި މާކެޓް ރިސަރޗްތައް ކުރިއަށްގެންދިއުމާއި، އެ ޚިދުމަތްތައް އާންމުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި ތަފާތު އެކި އުފެއްދުންތެރި ޚިޔާލުތައް ހޯދުމުގައި މަސައްކަތްކުރުން.
  4. ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް ޕްރޮމޯޓްކުރުމާއި، ޕަބްލިކް ރިލޭޝަންސްއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކޯޑިނޭޓްކުރުން.
  5. ކޯޕަރޭޝަންގެ ޚިދުމަތްތަކާ ބެހޭގޮތުން މީޑިއާއަށް މަޢުލޫމާތު ދިނުމާއި، ނޫސް ބަޔާންފަދަ މީޑިއާއަށް މަޢުލޫމާތު ދިނުމަށްޓަކައި ބޭނުންވާނެ ތަފާތު އެކި ރިޕޯޓުތައް ތައްޔާރުކުރުން.
  6. ކޯޕަރޭޝަންގެ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޓީމުގެ މަސައްކަތްތައް ދުވަހުން ދުވަހުން ކުރިއަށްގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
  • ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
  • އިންޓަރވިއު

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައިވާ ) ކޮޕީ،
  4. ޕޮލިސް ރިޕޯޓު (ދޫކުރިފަހުން ފަހުން 03 މަސްދުވަސް ހަމަނުވާ)
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2017 މާރޗް 07 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މައި އޮފީހަށް (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން.

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާނުކުރުން 2017 މާރޗް 12 ން މާރޗް 16 އަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު:

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3000581 ނުވަތަ 7584070 ފޯނަށް ގުޅުއްވުން އެދެމެވެ.

29 ޖުމާދުލްއޫލާ 1438

26 ފެބްރުއަރީ 2017

26 ފެބުރުވަރީ 2017