ދިވެހިރާއްޖެ
`
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލް އިދާރާ
އުލިގަން، ދިވެހިރާއްޖެ
ނަންބަރ: IUL 245/245/2017/04 |
އިޢުލާން
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ
މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތުގެ މުއްދަތަކީ މީލާދީ 01 އަހަރު ދުވަހެވެ.
ވީމާ މިމަސައްކަތަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުތަކަށް މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އުލިގަމު ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީ ހިސާބު ހުށަހެޅުން |
02 މާރޗް 2017 ، 11:00 |
12 މާރޗް 2017 ، 11:00 |
މިމަސައްކަތަށް އެދި ހުށަހަޅާ އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުންނާއި، އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީއަކުން އަންގަންވާނެއެވެ. މަސައްކަތަށް އެދި ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ، އަންދާސީ ހިސާބުތައް ހުށަހަޅުއްވާ ފަރާތްތަކުގެ ހާޟިރުގައެވެ.
29 ޖުމާދަލް އޫލާ 1438
26 ފެބްރުއަރީ 2017