މަސައްކަތް
ނަންބަރު: (IUL)333/333/2017/9
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 07 މާރިޗު 2017 13:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުލުސްދޫ އިޖްތިމާޢީ ސަރަޙައްދުތައް ސާފުކޮށްބެލެހެއްޓުން

ތުލުސްދޫ  އިޖްތިމާޢީ ސަރަޙައްދުތައް  ސާފުކޮށްބެލެހެއްޓުން

 

 ކޮންޓްރެކްޓް އުޞޫލުން ރަށުގެ އިޖްތިމާޢީ ސަރަޙައްދުތައް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތައް ކުނިކަހާ ސާފުކޮށްބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ  

ވީމާ މިމަސައްކަތްކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ފެބުރުވަރީ  2017މ ވާ އަންގާރަ  ދުވަހު 13:00އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 މާރިޗު   2017 ވާ  އަންގާރަ ދުވަހުގެ 13:00އަށް އަންދާސީ ހިސާބުހުށަހެޅުއްވުންއެދެމެވެ.

މިކަމަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

އަމިއްލަފަރާތަކުން އެސްޓިމޭޓް ހުށަހަޅުއްވާނަމަ އައިޑީ ކާޑުގެ ސާފު ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. ކްލަބު ޖަމްޢިއްޔާ ކުންފުނި ފަދަ ފަރާތަކުންނަމަ، އެފަދަފަރާތެއްގެ  ރަޖިސްޓަރީގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 ފެބުރުވަރީ 2017