މަސައްކަތް
ނަންބަރު: (IUL)305/305/2017/16
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި: 07 މާރިޗު 2017 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. މާކުރަތު ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި، ގޯލް ފެންސް ޖެހުމުގެ މަސައްކަތް ކުރުން

ނަންބަރު: 305/305/2017/16(IUL)

އިޢުލާން

ރ. މާކުރަތު ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި، ގޯލް ފެންސް ޖެހުމުގެ މަސައްކަތް ކުރުމާއިގުޅޭ

ރ. މާކުރަތު ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި، ގޯލް ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 28 ފެބްރުއަރީ 2017 ވާ އަންގާރަދުވަހު 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 މާރޗް 2017 ވާ އަންގާރަދުވަހުގެ 13:00 އަށް މަސައްކަތް ކުރެވޭނެ އަގާއި މުއްދަތު ބަޔާންކޮށް އަންދާސީ ހިސާބު މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށައެޅުމެއް ހޮވުމަށް ޕޮއިންޓް ދިނުމުގައި ތިރީގައި މިވާ ކަންތައްތަކަށް ބެލޭނެއެވެ.

  1. މަސައްކަތުގެ އަގު: 70 ޕޮއިންޓް.
  2. މަސައްކަތް ނިންމުމަށް ހުށައަޅާ މުއްދަތު: 10 ޕޮއިންޓް.
  3. މަސައްކަތުގެ ތަޖުރިބާ: 15 ޕޮއިންޓް.
  4. މިފަދަ މަސައްކަތެއް ކުރެވިދާނެ ކަމުގެ މާލީ ޤާބިލްކަމަށް: 5 ޕޮއިންޓް.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ޙާޟިރުވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

22 ފެބުރުވަރީ 2017