ތަމްރީނު
ނަންބަރު: (IUL)179-2.1/1/2017/5
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 10:03
ސުންގަޑި: 05 މާރިޗު 2017 13:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު

ކެޕިޓަލް މާރކެޓް މެދުވެރިކޮށް ފަހަށް ރައްކާކުރުމާއި އިންވެސްޓުކުރުމަށް އާންމުން ހޭލުންތެރިކުރުވުމަށް ހިންގާ ސިލްސިލާގެ 2 ވަނަ ޕްރޮގްރާމް، 08 މާރިޗް 2017 ވާ ބުދަ ދުވަހު ހިންގުމަށް ހަމަޖެހިފައިވެއެވެ.

 

ޕްރޮގްރާމްގެ މަޢުލޫމާތު

 

ޕްރޮގްރާމްގެނަން:

ފަހަށް ރައްކާކުރުމާއި އިންވެސްޓުކުރުން | އިންވެސްޓު ކުރުމުގައި ސަމާލުވާންވީ ކަންކަން

ކިޔަވައިދޭ މުހިންމު ބައިތައް:   

ހިއްސާ ނުވަތަ ޑިބެންޗަރުގެ ބަޔާން (ޕްރޮސްޕެކްޓަސް) ބަލައި އޭގައިވާ މައުލޫމާތު ދެނެގަންނާނެގޮތް، އިންވެސްޓްމަންޓުގެ ރިސްކާއި ރިސްކު ކުޑަކުރެވޭނެ ގޮތްތައް ދެނެގަތުން، ސެކަންޑަރީ މާރކެޓް މެދުވެރިކޮށް ހިއްސާ އަދި ޑިބެންޗަރ ގަނެވިއްކުން، ހިއްސާދާރުންގެ ޙައްޤުތަކާއި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމުގެ މުހިންމުކަން.

ކިޔަވައިދޭ ބަސް:

ދިވެހި

 

ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ:

މި ދާއިރާއަށް ޝައުޤުވެރިކަށް ހުރި އެންމެހައި ފަރާތްތަކަށް

 

ތާރީޚާއި ވަގުތު:

08 މާރިޗް 2017ގެ ހެނދުނު 09:00 ން މެންދުރު 13:00 އަށް

 

ޖާގަ:

30 (ނަން ހުށަހަޅާ ތަރުތީބަށް އިސްކަންދެވޭނެ)

 

ފީ:

ބައިވެރިވުން ހިލޭ

 

 

ވީމާ، މިޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން، ނަމާއި ފޯނު ނަންބަރު، އީމެއިލް އެޑްރެސް އަދި އައިޑީކާޑުގެ ކޮޕީ 05 މާރިޗް 2017 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 1300 ގެ ކުރިން ސީ.އެމް.ޑީ.އޭ އިންސްޓިޓިއުޓްގެ އީމެެއިލް [email protected]  އަށް ފޮނުއްވުން އެދެމެވެ.

 

މި ޕްރޮގްރާމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ، 3014103 ނުވަތަ 3336619 ފޯނާއެވެ.

 

21 ފެބުރުވަރީ 2017

22 ފެބުރުވަރީ 2017