ވަޒީފާގެ ފުރުޞަތު
ނަންބަރު: MRDC-IUL/2017/03
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 08:52
ސުންގަޑި: 23 ފެބުރުވަރީ 2017 15:00
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

                                                                        ނަންބަރު: MRDC-IUL/2017/03

  ވަޒީފާގެ ފުރުޞަތު

 

   

     މިކުންފުނީގެ ހެޑް އޮފީހަށް މިދަންނަވާ މަޤާމްތަކަށްްް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

 

މަޤާމް:

އެސިސްޓަންޓް އެކައުންޓްސް އޮފިސަރ، ގްރޭޑް 1

ބޭނުންވާ ޢަދަދު:

01  (އެކެއް)

ކްލެސިފިކޭޝަން / ރޭންކް:

އެސް.އެސް 2 – ގްރޭޑް1

މުސާރަ:

މަހަކު -/4560 ރުފިޔާ (ހަތަރުހާސް ފައްސަތޭކަ ފަސްދޮޅަސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ހެޑް އޮފީސް

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

އެކައުންޓިންގ އެންޑް ފައިނޭސް ޑިޕާރޓްމަންޓް

ފެންވަރު ނުވަތަ ޝަރުތު:

-  އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ އެންޑް ބިޒްނަސް ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

-  މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން  ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

އެހެނިހެން ޝަރުތު:

-    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

-    މާލިއްޔަތު ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވުން.

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

-    ބޭސިކް ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން.

-    ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-    ޕޭޔަބަލްސް އާއި ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.

-    ރިސީވަބަލްސް އަދި ފައިސާ ހޯދުމުގެ މަސައްކަތްތައް ކުރުން.

-    ޕޭމަންޓް ވައުޗަރ އަދި ޗެކް ތައްޔާރުކޮށް އިޝޫކުރުން.

-    ޑިޕާރޓްމަންޓާއި ގުޅުން ހުރި އެހެނިހެން މަސައްކަތްތައް ކުރުން.

 

މަޤާމް:

އެސިސްޓަންޓް ޕްރޮކިއުމަންޓް އޮފިސަރ، ގްރޭޑް 1

ބޭނުންވާ ޢަދަދު:

01  (އެކެއް)

ކްލެސިފިކޭޝަން / ރޭންކް:

އެސް.އެސް 2 – ގްރޭޑް1

މުސާރަ:

މަހަކު -/4560 ރުފިޔާ (ހަތަރުހާސް ފައްސަތޭކަ ފަސްދޮޅަސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ހެޑް އޮފީސް

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

ފެންވަރު ނުވަތަ ޝަރުތު:

-  އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

-    މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން  ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

އެހެނިހެން ޝަރުތު:

-    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

-    މާލިއްޔަތު ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވުން.

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

-    ބޭސިކް ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން.

-    ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-  ކުންފުންޏަށް ހޯދުމަށް ރިކުއެސްޓް ލިބޭ އެކި މުދަލަށާއި ޚިދުމަތް ހޯދުމަށް ކޯޓޭޝަން ހޯދުމާއި މިކަމާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

-  ޕާރޗޭސް އޯޑަރ ހެދުން.

-  ޕާރޗޭސް އޯޑަރތަކާ ގުޅިގެން ކުންފުޏަށް ލިބޭ މުދަލާއި ޙަވާލުވެ ގުޑްސް ރިސީވް ނޯޓު ހަދައި ތަކެތި ރިކުއެސްޓްކުރި ޑިޕާޓްމަންޓާއި އެތަކެއްޗެއް ޙަވާލުކުރުން.

-  ލިބޭ މުދާތަކަށް ހެދޭ ގުޑްސް ރިސީވް ނޯޓްގެ ކޮޕީ ހަމަޖެހިފައިވާ އުސޫލުގެ މަތިން، ކަމާއިބެހޭ ޑިޕާޓްމަންޓް/ސެކްޝަންތަކާއި ޙަވާލުކޮށް ލިޔެކިއުންތައް ޤަވާޢިދުން ފައިލްކުރުން.

-  ޕްރޮކިއުމަންޓް ސެކްޝަނަށް ލިބޭ ރިކުއެސްޓްތައް ޓްރެކަރއަށް އަޅައި އެތަކެތި ގަތުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރިއަށްދާ މިންވަރު އެނގޭނޭގޮތަށް ޓްރެކަރއިން އަޕްޑޭޓް ކުރުން.

-  ޕްރޮކިއުމަންޓް ސެކްޝަންއިން އެކި ސަޕްލަޔަރުންނަށް ފޮނުވަންޖެހޭ އީމެއިލްއާއި އެހެނިހެން ލިޔެކިއުން ތައްޔާރުކޮށް ފޮނުވައި އެފަރާތްތަކާ ކުރަންޖެހޭ އެހެނިހެން މުޢާމަލާތައް ކުރުން.

-  ޑިޕާރޓްމަންޓާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2017 ފެބްރުވަރީ 23 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ވަޒީފާއަށް އެދޭ ފޯމު.
  2. މީހާގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރުކޮށްދޭ ކޮޕީ.
  5. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.
  6. ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން.
  7. ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.
  8. ވަޒީފާ އަދާކުރި މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

 

އިންޓަވިއު:

-    އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

-  މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 ފެބްރުވަރީމަހުގެ ތާރީޚެއްގައިއެވެ.

ނޯޓް:

މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ  3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

 

 

                            23 ޖުމާދަލްއާޚިރު   1438

                            20 ފެބުރުއަރީ    2017 

20 ފެބުރުވަރީ 2017