ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-ESMS/417/2017/08
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 08:29
ސުންގަޑި: 02 މާރިޗު 2017 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ބަދަލާއި ގުޅޭ

މިރަށު ޗާންދަނީމަގުގެ ދެކުނުން "ޓިއުލިޕް" އެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުމައްޗާއި މިރަށު އޯޝަންހާރުގޭ މުޙައްމަދު އަޔާޟުގެ ގޯއްޗާއި ރަންބުސްތާނުގޭ އަޙްމަދު ނަޖީބުގެ ގޯއްޗާއި ދެމެދު އޮންނަ ގޯޅިގަނޑުގައި ހުރި މިކައުންސިލުން 1 އިން 5 އަށް ނަންބަރ ޖަހާފައިވާ ރުއްގަހުގެ ވެރި ފަރާތްތަކަށް އެ ރުއްގަހުގެ ބަދަލުދީ ނިންމަން ބޭނުންވެއެވެ.

ވީމާ، މިސަރަޙައްދުގައި ހުރި ރުއްގަހުގެ (މިކައުންސިލުން ޖަހާފައިވާ ނަންބަރ 1 އިން 5 އަށް) ވެރިފަރާތްތަކުން އެމީހެއްގެ ރުކުގެ ޢަދަދު (ވަށައިގަންނަ ވަކަރުލާ މޮޅު، ފޯދުނު މެދުމިނުގެ، ފޯދުނު ދެރަ، ނުފޯދޭ ބޮޑު، ނުފޯދޭ މެދުމިނުގެ އަދި ނުފޯދޭ ކުޑަ) އެގޭނޭ ގޮތަށް 2017 މާރިޗު 02 ވާ ބުރާސްފަތި ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު އެސަރަޙައްދުގެ ޗާޓެއް ޢާންމު ކުރީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                     

25 ޖުމާދަލްޢޫލާ 1438

22 ފެބުރުވަރީ 2017