ވަޒީފާގެ ފުރުޞަތު
ނަންބަރު: IL-HRD/2017/9
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 28 ފެބުރުވަރީ 2017 15:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކަށް ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.

 

މަޤާމް:

ސުޕަރވައިޒަރ

ޔުނިޓް:

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރައާއި އިނާޔަތް:

19,000.00 – 22,9000.00 ރުފިޔާ

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އެކައުންޓިން، ބިޒްނަސް ނުވަތަ ގާނޫނީ ދާއިރާއިން މާރސްޓަރސް ޑިގްރީއެއް ހާޞިލް ކޮށްފައިވުމާއެކު ފައިނޭސް ނުވަތަ ބިޒްނަސް އިންޓެލިޖެންސް ދާއިރާއިން ނުވަތަ ފައިނޭންޝަލް އެނެލިސިސްގެ ދާއިރާއިން 01 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
  • މި ވަޒީފާއަށް މީހަކު ހޮވުމުގައި ފައިނޭންޝަލް އިންޓެލިޖެންސް އާ ގުޅުން ހުރި ދާއިރާއިން ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމާ ގުޅޭގޮތުން، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް ގެ ފަރާތުން އެކުލަވާލާފައިވާ ޤަވާއިދު ތަކާއި އުސޫލްތަކަށް، މާލީ އިދާރާތަކާއި ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން ފުރިހަމައަށް އަމަލު ކުރަމުންދޭތޯ ބެލުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

 އެމްއެމްއޭ ޓްރޭނިން އިންސްޓިޓިއުޓް / ހިއުމަން ރިސޯސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރައާއި އިނާޔަތް:

16,000.00 – 19,600.00 ރުފިޔާ

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަންސް ނުވަތަ މެނޭޖްމަންޓް ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން
  • އޯލެވެލް އިމްތިޙާނުގެ އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ޙާޞިލް ކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭ އާއި ފައިނޭންޝަލް ސެކްޓަރގެ މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނު ދިނުމަށާއި ފައިނޭންޝަލް ސެކްޓަރ އަށް ބޭނުންވާ ޕްރޮފެޝަނަލް މީހުން ބިނާ ކުރުމަށް އެމްއެމްއޭ އިން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ އިންތިޒާމްތައް ހަމަޖެއްސުން.

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ކަރަންސީ އެންޑް ނިއުމެސްމެޓިކް ސެކްޝަން/ ބޭންކިން އެންޑް ޕޭމަންޓް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރައާއި އިނާޔަތް:

16,000.00 – 19,600.00 ރުފިޔާ

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަންސް ނުވަތަ މާކެޓިން ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން
  • އޯލެވެލް އިމްތިޙާނުގެ އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ޙާޞިލް ކޮށްފައިވުން.
  • މި ވަޒީފާއަށް މީހަކު ހޮވުމުގައި ގްރެފިކްސް ޑިޒައިންގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ދިވެހި ފައިސާގެ ސަރކިއުލޭޝަނަށް އަންނަ ބަދަލުތައް ދެނެގަނެ ފައިސާ ލިބެން ހުންނާނޭ އިންތިޒާމްތައް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ފައިސާގެ ނޫޓްތަކުގައި ހުންނަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

މަޤާމް:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

ޑިވެލޮޕްމެންޓް އެންޑް ޓެކްނޮލޮޖީ ޕްރޮޖެކްޓްސް ސެކްޝަން / ޓެކްނޮލޮޖީ ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރައާއި އިނާޔަތް:

9,000.00 – 12,000.00 ރުފިޔާ

ތަޢުލީމީ ފެންވަރާއި

  • ޖީސީއީ އޭލެވެލް އިމްތިހާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުންް ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ޑިޕްލޮމާއެއް ހާޞިލް ކޮށްފައިވުން
  • މި ވަޒީފާއަށް މީހަކު ހޮވުމުގައި ކޮމްޕިއުޓަރ ޕްރޮގްރާމް ލިޔުމަށް ޝަޢުޤުވެރިވާ އަދި އެކަމުގެ ހުނަރު ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޕްރޮގްރާމްތައް ލިޔުމުގައި އެހީތެރިވެދިނުން.

މަޤާމް:

ސެކިއުރިޓީ އޮފިސަރ

ސެކްޝަން:

ސެކިއުރިޓީ ސަރވިސަސް ޔުނިޓް

ބޭނުންވާ ޢަދަދު:

02 (ދޭއް)

މުސާރައާއި އިނާޔަތް:

7,000.00 – 12,000.00 ރުފިޔާ

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • ޖީސީއީ އޭލެވެލް ފެންވަރު ހުރުން ނުވަތަ އޯލެވެލް އިމްތިޙާނުގެ 3 (ތިނެއް) މާއްދާއިން ފާސްވެފައިވުން.
  • ސެކިއުރިޓީ ސިސްޓަމްސްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ އިމާރާތާއި ތަކެއްޗާއި މުވައްޒަފުންނާއި ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަން އެމްއެމްއޭގައި ޤާއިމް ކޮށްފައިވާ ސެކިއުރިޓީ ނިޒާމް މެދުވެރިކޮށް ބެލެހެއްޓުން.

ޝަރުތު:

  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނޭ މީހަކަށްވުން.
  • ސެކިއުރިޓީ ޓްރޭނިންގ ހެދުމަށް އިއުތިރާޒް ނުކުރާ މީހަކަށްވުން.
  • އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށްވުން.
  • ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުން.
  • އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ ހުނަރު ހުރުން.

މަޤާމް:

އޮފީސް އެސިސްޓެންޓް

ސެކްޝަން:

އެޑްމިނިސްޓްރޭޝަންް ސެކްޝަން/ ޖެނެރަލް ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރައާއި އިނާޔަތް:

5,000.00 – 8,000.00 ރުފިޔާ

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އަސާސީ ތައުލީމްގެ ފެންވަރު ހުރުން
  • ދިވެހި ބަހާއި އިނގެރޭސި ބަހުން ލިޔެ ކިޔަން އެނގުން
  • ގިނަ ވަގުތު މަސައްކަތު އުޅެވޭނެ ހީވާގި މީހަކު ކަމުގައިވުން
  • ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭ އިން އެކިއެކި ތަންތަނަށް ފޮނުވަންޖެހޭ ސިޓީއާއި ތަކެތި ގެންދިއުމާއި އެފަދަ ތަކެތި ތަންތަނުން ގެނައުމާއި އެމްއެމްއޭގެ ވެހިކަލްތައް ދުއްވުން

ވާޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓްގެ ކޮޕީ (ލިބިފައިވާނަމަ)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް.
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް.

ސުންގަޑި

28 ފެބުރުވަރީ 2017  ވާ އަަންގާރަ ދުވަހުގެ 15:00 އަށް

 

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މިއޮތޯރިޓީން އަދި މިއޮތޯރިޓީގެވެބްސައިޓް www.mma.gov.mv އިންލިބެންހުންނާއެވެ.ވަޒީފާއަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން)ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

 

20 ފެބުރުވަރީ 2017