ވަޒީފާގެ ފުރުޞަތު
|
ތާރީޚް
|
21 ފެބުރުވަރީ 2017
|
ނަންބަރު
|
(IUL)168-CA/1/2017/05
|
އެޑްވަކަސީ ޑިޕާޓްމަންޓް
|
މަޤާމު:
|
ސީނިއަރ އެޑްވަކަސީ އޮފިސަރ (ވަގުތީ) - (މި މަޤާމަށް ވަގުތީ މުވައްޒަފެއް ނަގާނީ 17 ސެޕްޓެންބަރު 2017ގެ ނިޔަލަށެވެ.)
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
|
މުސާރައާއި ޢިނާޔަތްތައް:
|
- މުސާރަ: މަހަކު -/11550 ރުފިޔާ
- ލިވިންގ އެލަވަންސް -/3000 ރުފިޔާ (03 މަސް ދުވަހުގެ ޕްރޮބޭޝަން ނިމުމަށްފަހު)
- ސާރވިސް އެލަވަންސް -/3500 ރުފިޔާ (03 މަސް ދުވަހުގެ ޕްރޮބޭޝަން ނިމުމަށްފަހު)
|
ޝަރުޠު:
|
- މަސައްކަތާގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ނުވަތަ
- މަސައްކަތާގުޅޭ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ޙާޞިލުކޮށްފައިވުމާއެކު، މަސައްކަތާގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ކޮމިޝަންގެ އޮފިސަރުގެ މަޤާމުގައި މަދުވެގެން 5 އަހަރުދުވަހު އުޅެ މަސައްކަތު ފެންވަރު ވަޒަންކޮށް އެވްރޭޖް %90 މާކްސް ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު
|
- އިންސާނީ ޙައްޤުތައް ކުރިއަރުވާ ދެމެހެއްޓުމަށްޓަކައި އެޑްވަކޭޓް ކޮށްގެން ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ކަންކަން ކޮމިޝަންގެ އެހެން ޑިޕާޓްމެންޓްތަކާގުޅިގެން ދެނެގަތުމާއި، އިންސާނީ ހައްގުތަކަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން އެޑްވަކަސީ ކެމްޕެއިންތައް ރާވާ ހިންގުމުގައި އިސްދައުރެއް އަދާކުރުން.
- އިންސާނީ ހައްގުތައް ކުރިއެރުވުމަށް އެކި ވަޞީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރުމާއި އާންމުން ހޭލުންތެރިކުރުމަށް އެކިކަހަލަ އެޑްވަކަސީ މެޓީރިއަލް ތައްޔާރުކުރުމަށް އިސްދައުރެއް އަދާކުރުން.
- އިންސާނީ ހައްގުތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮމިޝަނުން ހިންގާ ޓްރޭނިން ޕްރޮގްރާމްތައް ރޭވުމުގައި އެހީތެރިވުން އަދި ޓްރޭނިން ޕްރޮގްރާމް ތަކުގައި ފެސިލިޓޭޓަރެއްގެ ގޮތުގައި މަސައްކަތްކުރުން.
- ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
- އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
- މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ).
- ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދޫކޮށްފައިވާ ލިޔުންތަކުގެ އެޓެސްޓެޑް ކޮޕީ. އަދި މިހާރު ވަޒީފާއެއްގައި އުޅޭ ފަރާތެއްނަމަ، ވަޒީފާގައި އުޅޭކަމުގެ އެޓެސްޓްކޮށްފައިވާ ލިޔުން.
|
ސުންގަޑި
|
27 ފެބުރުވަރީ 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން
|
އެހެނިހެން
|
- މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ.
- ސާރވިސް އެލަވަންސް އަދި ލިވިންގ އެލަވަންސް ލިބޭނީ ޕްރެބޭޝަން މުއްދަތު ނިމުމުންނެވެ.
- މިމަޤާމަށް މުވައްޒަފަކު ހޮވުމަށް ޓެސްޓެއް ނުދެވޭނެއެވެ. އެހެންކަމުން މުވައްޒަފަކު ހޮވުމުގައި މާކްސް ދެވޭނީ ތަޢުލީމާ ތަޖުރިބާ އަދި އިންޓަވިއުއަށެވެ.
- ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
- މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
- އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003122 ނުވަތަ 3003168 އަށެވެ.
|
|
|
|
|