ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-SHRD/IUL/2017/17
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 18:59
ސުންގަޑި: 01 މާރިޗު 2017 14:30
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އޮފިސަރ

މަޤާމު:

ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އޮފިސަރ

ރޭންކު:

އެމް. އެސް 2

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން

ޕޮލިސީ އެންޑް އޯގަނައިޒޭޝަން ޑިވެލޮޕްމަންޓް (އޯގަނައިޒޭޝަން ޑިވެލޮޕމަންޓް އެންޑް ކޮމްޕެންސޭޝަން)

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު -/3000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 2203/25 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ ޢަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

 

ހިއުމަން ރިސޯސް މެނޭޖްމަންޓް، މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. ސިވިލް ސަރވިސްގެ އިދާރާތަކުގެ އޮގަނައިޒޭޝަނަލް ރިވިއު ހެދުމަށް އެކުލަވާލަންޖެހޭ ޕޮލިސީތައް އެކުލަވާލުމާއި އޮގަނައިޒޭޝަން ރިވިއު ހެދުން.
  2. މަސްޢޫލު އޮފީސްތަކާއި އެ އޮފީސްތަކުގެ ދަށުން ހިނގާ އިދާރާތަކުގެ އިދާރީ އޮނިގަނޑު ފަރުމާކުރުމާއި، މުރާޖަޢާކުރުމާއި، ފާސްކުރުމުގައި ޢަމަލުކުރާނޭ ޕްރޮސީޖަރތައް އެކުލަވާލައި ކަމާގުޅޭ ފަރާތްތަކަށް އެންގުން.
  3. މަސްއޫލު އޮފީސްތަކާއި އެ އޮފީސްތަކުގެ ދަށުން ހިނގާ އިދާރާތަކުގެ އިދާރީ އޮނިގަނޑުތައް ފަރުމާކޮށް ނުވަތަ މުރާޖަޢާކޮށް ވިއުގަ 2.0 އިން ހުށަހަޅާ މައްސަލަތައް ދިރާސާކޮށް، ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ޕްރޮސީޖަރތަކާ އެއްގޮތަށް ވިއުގަ 2.0 އިން އެޕްރޫވްކުރުމާއި އޮފީސްތަކަށް ބޭނުންވާ އެންމެހާ ލަފާ ދިނުން
  4. ސީއެސް ވިއުގަ 2.0 ގެ ޔުނިޓުގެ މަސައްކަތްތަކާ ގުޅުންހުރި މޮޑިއުލްތަކުން ކުރަންޖެހޭ މަސައްކަތްކުރުން
  5. ސިވިލް ސަރވިސްގެ ވަޒީފާތަކުގެ ކްލެސިފިކޭޝަން ސިސްޓަމާއި ގްރޭޑިންގ ސިސްޓަމް އެކުލަވާލުމާއި، ސިވިލް ސަރވިސްގެ ވަޒީފާތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ބެލެހެއްޓުމާއި ހިންގުން. 
  6. ސިވިލް ސަރވިސްގެ މަގާމުތަކުގެ މުސާރައާއި އެލަވަންސްތައް އަދި އެހެނިހެން އިނާޔަތްތައް ކަނޑައެޅުން
  7.  މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް ސިވިލް ސަރވިސްގެ މުސާރައާ އިނާޔަތްތައް އެކުލަވާލުމުގެ އުޞޫލު ކަނޑައެޅުމާއި މުސާރައާއި ގުޅޭ އެންމެހައި މަސައްކަތް ރާވާ ހިންގުން
  8. ސިވިލް ސަރވިސްގެ ވަޒީފާތަކުގެ މުސާރައާއި އިނާޔަތްތަކުގެ އޮނިގަނޑު އެކުލަވާލުމާއި، ސިވިލް ސަރވިސްގައި ހިމެނޭ ފަންނީ މަޤާމުތަކާއި އެހެނިހެން މަޤާމުތަކުގެ ސްކިލް ސެޓްތަކާއި މަގާމުތަކުގެ ޝަރުތު އެކުލަވާލުމާއި މުރާޖަޢާ ކުރުމުގެ މަސައްކަތްކުރުމާއި ބެލެހެއްޓުން.
  9. ސިވިލް ސަރވިސްގެ އޮކިއުޕޭޝަނަލް ކްލެސިފިކޭޝަން ޕްރޮޖެކްޓުގް ދަށުން އިދާރާތަކުން ކުރިއަށް ގެންދާ ވަޒީފާގެ އޮނިގަނޑުތަކާއި މުސާރައިގެ އޮނިގަނޑުތައް ފަރުމާކުރުމުގައި ބޭނުންވާ ލަފާދިނުން.
  10. ސިވިލް ސަރވިސްގެ އޮކިއުޕޭޝަނަލް ކްލެސިފިކޭޝަން ޕްރޮޖެކްޓުގް ދަށުން ތައްޔާރުކުރެވޭ ވަޒީފާގެ އޮނިގަނޑުތަކަށް މުވައްޒަފުން ހިޖުރަކުރުމުގެ އުޞޫލު ކަނޑައެޅުން.
  11. ސިވިލް ސަރވިސްގެ ކެރިއަރ ފީލްޑްސް (ވަޒީފާގެ ދާއިރާތައް) ޤާއިމުކޮށް، މަސައްކަތު ދާއިރާތައް ކަނޑައެޅުމަށް ބޭނުންވާ އުޞޫލުތައް ކަނޑައެޅުން.
  12. އެހެން ސެކްޝަނުތަކުގެ މުވައްޒަފުންނާއެކު ޓީމެއްގެ ގޮތުގައި މަސައްކަތްކުރުން އަދި އެ ސެކްޝަނުތަކުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  13. ޙަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއއޫލިއްޔަތުތައް އަދާކުރުން.
  14. ކޮމިޝަންގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

01 މާރިޗު 2017 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  •  ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިންސައްތަ: %54) 

ޝޯޓްލިސްޓު ކުރުން:

މި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ މީހުންގެ އަދަދު 10 އަކަށް ވުރެ އިތުރުވެއްޖެނަމަ، ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އަދި ލިބިފައިވާ ހުނަރަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

 

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2017 މާރިޗު 02 އާއި 16 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

 

 

22 ޖުމާދަލްއޫލާ  1438ހ

20  ފެބުރުވަރީ  2017މ

20 ފެބުރުވަރީ 2017