މަސައްކަތް
ނަންބަރު: (IUL)23-AP/23/2017/28
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 27 ފެބުރުވަރީ 2017 09:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހއ.ތުރާކުނު ޞިއްޙީމަރުކަޒުގެ ލެބޯޓަރީ އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިނިސްޓްރީ އޮފް ހެލްތު

މާލެ ދިވެހިރާއްޖެ

އިޢުލާން

           ހއ.ތުރާކުނު ޞިއްޙީމަރުކަޒުގެ ލެބޯޓަރީ އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 ފެބުރުވަރީ 27 ވާ ހޯމަ ދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ހއ.ދިއްދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ ހއ.ތުރާކުނު ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 މާރިޗު 05 ވާ އާދީއްތަ ދުވަހު ހެނދުނު 09:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ނުވަތަ ހއ.ދިއްދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ ހއ.ތުރާކުނު ޞިއްޙީމަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 23 ޖުމާދަލްއޫލާ 1438

20 ފެބުރުވަރީ 2017