ދިވެހިރާއްޖެ
މަޤާމް :ކޮންސަލްޓަންޓް | |
---|---|
ބޭނުންވާ އަދަދު :1 | |
ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީ (ޖެފް) އާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.) އިން ހިންގާ އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސަސް މެނޭޖްމަންޓް ޕްރޮޖެކްޓަށް ކޮންސަލްޓަންޓްއެށް ހޯދުމާބެހޭ
ޝައުޤުވެރިވާ ފަރާތްތަކުން ހުށަހެޅުމުގެ ދައުވަތު ކޮންސަލްޓަންޓް
ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީ (ޖެފް) އާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.) އިން ހިންގާ އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސަސް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ނެޝަނަލް ވޯޓަރ ރިސޯސަސް މެނޭޖްމަންޓް ޕްލާންއެއް ތައްޔާރުކޮށްދޭނެ ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.
އުޖޫރަ - މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި -/35,000 ރުފިޔާގެ އުޖޫރައެއް ކަނޑައެޅިފައިވެއެވެ. މަސައްކަތުގެ މުއްދަތު: - މި މަސައްކަތުގެ މުއްދަތަކީ ތިން (3) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ. ހުށަހަޅަށްޖެހޭ ލިޔުންތައް
ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.
ސުންގަޑި ޝައުޤުވެރިވާ ފަރާތްތަކުން 2017ފެބުރުވަރީ 28 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް: މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ އިތުރު މައުލޫމާތު: މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018329 އަށް ގުޅުއްވުން އެދެމެވެ.
19 ފެބުރުވަރީ 2017 |