ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)243-S01/INDIV/2017/6
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 10:06
ސުންގަޑި: 12 މާރިޗު 2017 14:00
ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކުގައި ޢިމާރާތްކުރަމުންދާ 200 ފްލެޓުގެ ތެރެއިން ފުވައްމުލަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކުރެވޭ 20 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން:

އިޢުލާން

ފުވައްމުލަކުގައި ޢިމާރާތްކުރަމުންދާ 200 ފްލެޓުގެ ތެރެއިން ފުވައްމުލަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކުރެވޭ 20 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން:   

ސަރުކާރުގެ ގެދޮރުވެރިކުރުވުމުގެ ޕްރޮގްރާމުގެ ދަށުން ފުވައްމުލަކުގައި ޢިމާރާތްކުރަމުންދާ 200 ފްލެޓުގެ ތެރެއިން (B ކެޓަގަރީ އަށް) ފުވައްމުލަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކުރެވޭ 20 ފްލެޓަށް އެކަށީގެންވާ ޢަދަކަށް ފޯމް ހުށަހަޅާފައިނުވާތީ، B   ކެޓަގަރީއަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު 21 ފެބުރުއަރީ 2017 އިން ފެށިގެން 12 މާޗް 2017 ގެ 14:00 އަށް ހުޅުވާލަމެވެ. ފްލެޓަށް އެދިލައްވާ ފަރާތްތަކުން ފޯމް ފުރިހަމަކުރެއްވުމަށްފަހު ހުށަހަޅުއްވާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިއިދާރާއަށެވެ.

ރަށުކައުންސިލްތަކުގެ އިދާރާއިންނާއި މިއިދާރާއިން ފޯމް ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ވެބްސައިޓް www.housing.gov.mv އިން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.  

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަނުވާ ފޯމުތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފޯމު ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

B ކެޓަގަރީއަށް ކުރިން ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅަން ނުޖެހޭވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.  

22 ޖުމާދަލްއޫލާ 1438

19 ފެބުރުވަރީ 2017