ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-ESMS/417/2017/07
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 28 ފެބުރުވަރީ 2017 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ބަދަލާއި ގުޅޭ

މިރަށު "މިސްކް" އެވެ ކިޔާ ބަންޑާރަ ގޯއްޗާއި "ލައިޓްވިއު" އެވެ ކިޔާ ބަންޑާރަ ގޯއްޗާއި ދެމެދު އޮންނަ ޕާކިންގ އޭރިޔާގައި ހުރި މިކައުންސިލުން 1 އިން 4 އަށް ނަންބަރ ޖަހާފައިވާ ރުއްގަހުގެ ވެރި ފަރާތްތަކަށް އެ ރުއްގަހުގެ ބަދަލުދީ ނިންމަން ބޭނުންވެއެވެ.

ވީމާ، މިޕާކިންގ އޭރިޔާގައި ހުރި ރުއްގަހުގެ ( މިކައުންސިލުން ޖަހާފައިވާ ނަންބަރ 1 އިން 4 އަށް ) ވެރިފަރާތްތަކުން އެ ޕާކިންގއޭރިޔާގައި ހުރި އެމީހެއްގެ ރުކުގެ ޢަދަދު (ވަށައިގަންނަ ވަކަރުލާ މޮޅު، ފޯދުނު މެދުމިނުގެ، ފޯދުނު ދެރަ، ނުފޯދޭ ބޮޑު، ނުފޯދޭ މެދުމިނުގެ އަދި ނުފޯދޭ ކުޑަ)  އެގޭނޭ ގޮތަށް 28 ފެބުރުވަރީ 2017 ވާ އަންގާރަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު އެސަރަޙައްދުގެ ޗާޓެއް ޢާންމު ކުރީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ފެބުރުވަރީ 2017