ޢާންމު މަޢުލޫމާތު
ނަންބަރު: (A)EA-2017/68
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 08:35
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
މޯބައިލް ސްޓޭޝަންތަކުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުން

ނަންބަރު:A)EA-2017/68)

އިޢުލާން

މޯބައިލް ސްޓޭޝަންތަކުގައި ވޯޓުލުމަށްރަޖިސްޓަރީ ކުރުން

2017 އެޕްރީލް 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް މިހާރު ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ހުޅުމާލެ އަދި ވިލިގިލީގައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2017 ފެބުރުވަރީ 20 ވާ ހޯމަ ދުވަހުން ފެށިގެން 2017 މާރިޗު 02 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލައިފީމެވެ.

މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ 2016 ނޮވެންބަރު 07 ވީ ހޯމަ ދުވަހުން ފެށިގެން 2016 ޑިސެންބަރު 14 ވީ ބުދަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރީވުމަށް ހުޅުވާލި ފުރުޞަތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކާއި އަދި ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށަކަށް ނުވަތަ ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަންޏެވެ.

މިހާރު ރަޖިސްޓަރީ ވެފައިވާ ތަނުގެ މައުލޫމާތު ކޮމިޝަނުގެ  ވެބްސައިޓް (www.elections.gov.mv) އިންނާއި އެސް.އެމް.އެސް (VR (Space) IDNO Send to 1414) ގެ ޒަރިއްޔާއިން ޗެކްކުރެވޭނެއެވެ.   

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ "ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުޅުމާލޭގައިނަމަ، ހުޅުމާލެ ފެރީ ޓާމިނަލުގައި އަދި ވިލިގިލީގައިނަމަ ވިލިގިލި ފެރީ ޓާމިނަލްގައި ގާއިމް ކުރެވިފައިވާ ސްޓޭޝަންތަކުންނެވެ. އަދި މިފޯމު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv)  އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެއެވެ. ފޯމު ބަލައިގަނެވޭނީ އެފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށެވެ. އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭނެއެވެ.

މޯބައިލް ސްޓޭޝަންތަކުގައި ފޯމު ބަލައިގަތުން އޮންނާނީ 2017 ފެބުރުވަރީ 20 ވާ ހޯމަ ދުވަހުން ފެށިގެން 2017 މާރިޗު 02 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 10:00 އިން ހަވީރު :0004 އަށެވެ. ބަންދު ދުވަސްތަކުގައި ފޯމު ބަލައިގަތުން އޮންނާނީ ހެނދުނު 10:00 އިން މެންދުރު 02:00 އަށެވެ. އަދި ހުކުރު ދުވަހު ފޯމު ބަލައިގަތުން އޮންނާނީ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

22 ޖުމާދަލްޢޫލާ 1438

20 ފެބުރުވަރީ 2017