ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A1/1/2017/25
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 14:49
ސުންގަޑި: 28 ފެބުރުވަރީ 2017 12:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އޭޓީއެންޓީ ޕްރޮގްރާމް

 

އޭ.ޓީ.އެމް.ޓީ ޕްރޮގްރާމް ކުރިއަށް ގެންދިއުމާއި ބެހޭ:

               މި މިނިސްޓްރީގެ ފަރާތުން، އިސްލާމީ މަރުކަޒުގައި ހިންގުމަށް ހަމަޖެހިފައިވާ އޭ.ޓީ.އެމް.ޓީ ޕްރޮގްރާމް ހިންގުމަށްޓަކައި ކޮންސަލްޓެންޓުންގެ ގޮތުގައި މަސައްކަތް ކުރާނެ މީހުން ބޭނުންވެއެވެ.

ބޭނުންވާ ޢަދަދު:  04

މުއްދަތު: 01 އަހަރު

އުޖޫރަ: މަސައްކަތުގައި ހޭދަވާ ކޮންމެ ދުވަހަކަށް -/200 ރުފިޔާ

މަގާމުގެ ޝަރުޠު

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މީގެ އިތުރުން އަރަބި އިނގިރޭސި މި ދެބަހުން ފަރިތަކަމާއެކު މުއާމަލާތްކުރަން އެގޭފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

މަސްއޫލިއްޔަތު:

-         އޭ.ޓީ.އެމް.ޓީ ޕްރޮގްރާމް ހިންގުމާއި އަދި އެޕްރޮގްރާމް ހިންގުމަށް ބޭނުންވާ އެންމެހައި  މަސައްކަތްކުރުން.

        ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

ފުރިހަމަކޮށްފައިވާ ކޮންސަލްޓެންޓް ވަޒީފާއަށް އެދޭ ފޯމު. ( ކޮންސަލްޓެންޓް ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ފޯމު މި މިނިސްޓްރީގެ ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv   އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށްއެދޭ އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ގެ ކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

 

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތަން އަދި ގަޑި: މި މަގާމަށް ހޮވޭ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް  /  އިސްލާމީ މަރުކަޒުގައެވެ. ރަސްމީ މަސައްކަތު ގަޑިއަކީ ކޮންމެ ދުވަހަކު ދެދަންފަޅިއަށް ބަހާލައިގެން ދަންފަޅިއެއްގައި 06 ގަޑިއިރު ހޭދަކުރާގޮތަށެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް:

    ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާ އިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ  ފަރާތަކަށެވެ.

ކޮންސަލްޓެންޓް މަގާމަށް އިޢުލާނުގެ މުއްދަތު ހަމަވާތާ 30 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ. އަދި، އިންޓަވިއު ބޭއްވޭނީ މި މިނިސްޓްރީގައެވެ.

ސުންގަޑި

28 ފެބުރުވަރީ 2017 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއަށް (އިސްލާމީ މަރުކަޒު) އަށެވެ.

 

ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv

     އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020232 އަށް އަދި ފެކްސް ނަމްބަރަކީ 3315161

އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

 

19 ޖުމާދަލްޢޫލާ 1438

16 ފެބުރުވަރީ 2017