ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS37-HR/GS-37/2017/1
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 08:09
ސުންގަޑި: 23 ފެބުރުވަރީ 2017 12:00
ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ރިލީފް ޓީޗަރުން ބޭނުންވެއްޖެ

ފ. އަތޮޅު ތަޢުލީމީ މަރުކަޒު

         ނިލަންދޫ

       ދިވެހިރާއްޖެ

ނަންބަރު: (IUL)GS37-HR/GS-37/2017/1

ވަޒީފާގެ ފުރުޞަތު

ތާރީޚް: 18 ޖުމާދަލްއޫލާ 1438

     15 ފެބްރުއަރީ  2017

 

 

 

ވަޒީފާގެ ފުރުޞަތު:

މަޤާމް: ރިލީފް ޓީޗަރ (ދިވެހި)     ބޭނުންވާ އަދަދު: 01 (އެކެއް)   

މަޤާމް: ރިލީފް ޓީޗަރ (ޤުރުއާން)     ބޭނުންވާ އަދަދު: 01 (އެކެއް)   

މަސައްކަތް ހަމަޖެހިފައިވާ ތަން: ފ. އަތޮޅުތަޢުލީމީ މަރުކަޒު

ސެކްޝަން: އެކަޑަމިކް

މުއްދަތު: 03 މަސް ދުވަސް

 

ފެންވަރު ނުވަތަ ޝަރުތު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

- ސާނަވީ ތަޢްލީމު ފުރިހަމަކޮށްފައިވުން

4500.00

1500.00

- މަތީސާނަވީ ތަޢްލީމު ފުރިހަމަކޮށްފައިވުން

5500.00

1500.00

- ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.

6090.00

2500.00

 

އެހެނިހެން ޢިނާޔަތްތައް

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

- މީގެ އިތުރުން، މަލްޓިމީޑިއާއަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެއެވެ.

 

ވަޒީފާގެ މަސްއޫލިއްޔަތު:

- ދިވެހި

- ކީސްޓޭޖްތަކުގެ ކުލާސްތަކަށް ދިވެހި މާއްދާ ކިޔަވައިދިނުމާއި، ކިޔަވައިދިނުމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

- ކިޔަވައިދޭ މާއްދާއާއި ގުޅޭ އިމްތިޙާނުތައް ހިންގުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް، ލީޑިންގ ޓީޗަރުންގެ މަޝްވަރާގެމަތިން ކުރުން.

- ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކުގެ ތެރެއިން ހަވާލުކުރެވޭ ހަރަކާތްތައް ހިންގުން.

- ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރިގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ނަތީޖާގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.

- މުޖުތަމަޢާއި ސްކޫލާއި އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތްކުރުން.

 

- ޤުރުއާން

- ކީސްޓޭޖްތަކުގެ ކުލާސްތަކަށް ޤުރުއާން ކިޔަވައިދިނުމާއި، ކިޔަވައިދިނުމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

- ކިޔަވައިދޭ މާއްދާއާއި ގުޅޭ އިމްތިޙާނުތައް ހިންގުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް، ލީޑިންގ ޓީޗަރުންގެ މަޝްވަރާގެމަތިން ކުރުން.

- ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކުގެ ތެރެއިން ހަވާލުކުރެވޭ ހަރަކާތްތައް ހިންގުން.

- ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރިގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ނަތީޖާގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.

- މުޖުތަމަޢާއި ސްކޫލާއި އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތްކުރުން.

 

ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމު.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

- ލިބިފައިވާ ތަޢްލީމީ ސަނަދު / ފާސްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ސާފު ފޮޓޯކޮޕީ.

 

ސުންގަޑި:

މި މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2017 ފެބްރުއަރީ 23  ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، ފ.އަތޮޅުތަޢުލީމީ މަރުކަޒަށް ހުށަހެޅުން އެދެމެވެ.

 

އިންޓަވިއު:

-          ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓްކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

-          މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 07 ދުވަސްތެރޭގައި ފ.އަތޮޅު ތަޢްލީމީ މަރުކަޒުގައެވެ.

 

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 7952909 ނަންބަރު ފޯނަށެވެ.

 

 

                                                           ޢަބްދުއްރަޝީދު އަޙްމަދު

                                                             ލީޑިންގ ޓީޗަރ

15 ފެބުރުވަރީ 2017