ދިވެހިރާއްޖެ
ނަންބަރ: IUL)MMPRC-HR/1/2017/18)
އިޢުލާން
މި ކޯޕަރޭޝަންގެ ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީ.ޕީ.ޓީ) ބަޔާން ތައްޔާރުކޮށް އަދި ޓެކްސްއާއި ބެހޭ އެކިއެކި ކަންކަމުގައި އެހީތެރިވެދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 2017 ފެބުރުވަރީ 21 ވާ އަންގާރަ ދުވަހުގެ 10.00އަށް މިކޯޕަރޭޝަނަށް (ވެލާނާގެ 4 ވަނަ ފަންގިފިލާ) ވަޑައިގެން މަޢްލޫމާތު ސާފުކުރެއްވުމަށްފަހު 2017 ފެބުރުވަރީ 28 ވާ އަންގާރަ ދުވަހުގެ 1.00އަށް މިކޯޕަރޭޝަނަށް ވަޑައިގެން ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
19 ޖުމާދަލްއޫލާ 1438
16 ފެބުރުވަރީ 2017