ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ރ.ވަންދޫ ވޭސްޓްމެނޭޖްމެންޓް ސެންޓަރުގައި ގާއިމް ކޮށްފައިވާ އިންސިނެރޭޓަރގައި އެނަރޖީ ބޮއިލަރެއް އިންސްޓޯލް ކުރުމުގެ މަސައްކަތް:
1. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ރ.ވަންދޫ ވޭސްޓްމެނޭޖްމެންޓް ސެންޓަރުގައި ޤާއިމް ކޮށްފައިވާ އިންސިނެރޭޓަރގައި އެނަރޖީ ބޮއިލަރެއް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިމިނިސްޓްރީގެ ނަންބަރު (IUL)13-K1/13/2016/183) (ސެޕްޓެމްބަރ 18، 2016) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
2. މިމަސައްކަތަށް ކުރިމަތިލާ ފަރާތް ތަކުގައި ހުންނަން ޖެހޭ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3 .ބީލަމުގައި ބައިވެރިވުމަށް -/1500 (ފަނަރަސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 19 ފެބުރުވަރީ 2017 އިން 12 މާރިޗު 2017 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އަށް މި މިނިސްޓްރީ އިންނެވެ. ބީލަންފޮތް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
4. މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 50,000.00ރ (ފަންސާސް ހާސް ރުފިޔާ) ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑްހުށައަޅާ ތާރީޚުންފެށިގެން 208 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ.
5. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީ-މެއިލް ކުރައްވާނީ 2017 މާރިޗު 02 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.
6. ބީލަން ހުޅުވުން އޮންނާނީ 2017 މާރިޗު 13 ވާ ހޯމަ ދުވަހުގެ 10:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަން،
ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޝަން،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން : 3349191 3349106
ފެކްސް: 3320706 3324432
އީ-މެއިލް:[email protected]
ކޮޕީ: [email protected]
16 ފެބުރުވަރީ 2017