ނީލަން
ނަންބަރު: (IUL)333/333/2017/7
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 10:10
ސުންގަޑި: 28 ފެބުރުވަރީ 2017 14:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ތުލުސްދޫ ވަގުތީހިޔާ ސަރަޙައްދުގައި ހުރި ޢިމާރާތްތައް ނީލަންކިޔުން

ކ.ތުލުސްދޫ ވަގުތީހިޔާ ސަރަޙައްދުގައި ހުރި ޢިމާރާތްތައް ނީލަންކިޔުން

ކ.ތުލުސްދޫވަގުތީހިޔާ ސަރަޙައްދު (ކުރީގެކަރުމާފެކްޓަރީ) ގައިހުރި ޢިމާރާތްތަކާއި   ޢިމާރާތްތަކުގައިވާ އެންމެހައިތަކެއްޗާއި  އަދި ދަނގަޑުގެ އެންމެހައި ބާވަތްތައް  ސިޓީލާނީލަމުގައި ވިއްކާލުމަށް ނިންމައިފީމެވެ.  

 ނީލަންފެށޭ އަގަކީ 3000.00 (ތިންހާސް) ރުފިޔާއެވެ. ނީލަމަށް ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން500.00 (ފަސްސަތޭކަ) ރުފިޔާއެވެ.  ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 3 ދުވަސް ވަންދެން އެއްއަގެއް އޮވެއްޖެނަމަ އެއަގުހުށަހެޅިފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.

 އަދި މިޢިމާރާތްތައް ނީލަމުން ނަންގަވާފަރާތްތަކުން ނީލަންނަންގަވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު 30 ދުވަހުގެތެރޭގައި ނީލަމުންނެންގެވި ތަކެތި އެސަރަޙައްދުން ނެރެގެން  ގެންދަވަންވާނެއެވެ.

ނީލަމަށް ހުށަހެޅޭ އެންމެ މަތީއަގުކޮންމެ ރަސްމީ ދުވަހެއްގެ  14:00 ންފެށިގެން މިއިދާރާގެ ނޯޓިސް ބޯޑުގައި ފެންނަން ހުންނާނެއެވެ. މިނީލަމުގައި ބައިވެރިވެލެއްވުމަށް އެދި ފެކްސް  އަދި އީމެއިލް މެދުވެރިކޮށްވެސް ސިޓީ ފޮނުއްވިދާނެއެވެ. ފެކްސް ނަމްބަރަކީ 6640183އެވެ. އީމެއިލް:[email protected] އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް6640183 މިނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ. 

މިޢިމާރާތްތަކާއި ތަން ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން  ރަސްމީގަޑީގައި މިއިދާރާއަށް ދުރުވުމުން ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.  

16 ފެބުރުވަރީ 2017