ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތު
މާލެ ދިވެހިރާއްޖެ.
އިޢުލާން
ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި 6 ޕްރައިވެޓް ރޫމް ހިމެނޭ އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 11 ޖަނަވަރީ 2017 ގައި ކުރެވުނު ނަންބަރު IUL) 23-AP/23/2017/23) އިޢުލާނުގައިވާ މަސައްކަތްތަކުގެ ސްކޯރޕަށް ބަދަލުގެނެވިފައިވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެމަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 ފެބުރުވަރީ 20 ވާ ހޯމަ ދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ރ. އުނގޫފާރު އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ފެބުރުވަރީ 26 ވާ އާދީއްތަ ދުވަހު ހެނދުނު 09:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ނުވަތަ ރ. އުނގޫފާރު އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
19 ޖުމާދަލްއޫލާ 1438