ނީލަން
ނަންބަރު: :(IUL)333/333/2017/8
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 10:04
ސުންގަޑި: 28 ފެބުރުވަރީ 2017 14:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ތުލުސްދޫން މަލްޓިލިންކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ބިމުގައި ހުރި ބޭނުންނުކޮށް ދޫކޮށްލާފައިވާ ތަކެތި ނީލަންކިޔުން

ކ.ތުލުސްދޫން މަލްޓިލިންކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ބިމުގައި ހުރި ބޭނުންނުކޮށް ދޫކޮށްލާފައިވާ ތަކެތި ނީލަންކިޔުން

ކ.ތުލުސްދޫން މަލްޓިލިންކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކޮށްފައިވާ ބިމުގައި ހުރި ބޭނުންނުކޮށް ދޫކޮށްލާފައިވާ  މެޝިންތަކާއި އެހެނިހެން ތަކެތި ސިޓީލާނީލަމުގައި ވިއްކާލުމަށް ނިންމައިފީމެވެ.

 ނީލަންފެށޭ އަގަކީ 5000.00 (ފަސްހާސް)ރުފިޔާއެވެ. މިނީލަމަށް ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން500.00  (ފަސްސަތޭކަ)ރުފިޔާއެވެ.  ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 3 ދުވަސް ވަންދެން އެއްއަގެއް އޮވެއްޖެނަމަ އެއަގުހުށަހެޅިފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.

 އަދި  މިތަކެތި ނީލަމުން ނަންގަވާފަރާތްތަކުން ނީލަންނަންގަވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު 30 ދުވަހުގެތެރޭގައި ނީލަމުންނެންގެވި ތަކެތި އެސަރަޙައްދުން ނެރެގެން  ގެންދަވަންވާނެއެވެ.

ނީލަމަށް ހުށަހެޅޭ އެންމެ މަތީއަގުކޮންމެ ރަސްމީ ދުވަހެއްގެ  14:00 ންފެށިގެން މިއިދާރާގެ ނޯޓިސް ބޯޑުގައި ފެންނަން ހުންނާނެއެވެ. މިނީލަމުގައި ބައިވެރިވެލެއްވުމަށް އެދި ފެކްސް  އަދި އީމެއިލް މެދުވެރިކޮށްވެސް ސިޓީ ފޮނުއްވިދާނެއެވެ. ފެކްސް ނަމްބަރަކީ 6640183އެވެ. އީމެއިލް:[email protected] އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް6640183 މިނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ. 

މިތަނުގެ ޢިމާރާތްތަކާއި ތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން  ރަސްމީގަޑީގައި މިއިދާރާއަށް ދުރުވުމުން ބެއްލެވޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.  

16 ފެބުރުވަރީ 2017