ވަޒީފާގެ ފުރުޞަތު
ނަންބަރު: 368/IUL/2017/10
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 09:46
ސުންގަޑި: 26 ފެބުރުވަރީ 2017 13:00
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ

މ.ދިއްގަރު، ދިވެހިރާއްޖެ

                                                        ނަންބަރ:368IUL/2017/10

އިޢުލާން

ވަޒީފާގެ ފުރުޞަތު

 ތިރީގައިމިވާ މަޤާމަށް މީހަކު ހޯދުމަށްކުރި، މިއިދާރާގެ ނަންބަރު: 368IUL/2017/03 އިއުލާނުގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާ ހިމެނިފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އެ މަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

މަޤާމް:                          

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-222135

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:               

ދާއިމީ

މަޤާމުގެ ރޭންކް:                    

ޖީ. އެސް. 3 (ޖެނެރަލް ސަރވިސް 3)  

މަޤާމުގެ ކްލެސިފިކޭޝަން:              

އޮފިސަރ ގްރޭޑް 1

ސެކްޝަން:

ކޯޕަރޭޓިވް އެފެއާޒު

މަޤާމް އޮތް އޮފީސް:

މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ، މ.ދިއްގަރު

މުސާރަ:                   

މަހަކު 4,465.00 ރުފިޔާ

ސަރވިސް އެލަވަންސް:          

މަހަކު 1,500.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

  (މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1. ދުވަހު ޔައުމިއްޔާއާއި، މުހިންމު ކަންތައްތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، އެކިއެކި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓަމުން ގެންދިއުން.

2. މުވައްޒަފުންނަށް ވަޒީފާދިނުމާބެހޭ ލިޔުންތަކާއި، ވަޒީފާއިން ވަކިކުރުމާބެހޭ ލިޔުންތައް، ޒިންމާދާރުވެރިޔާގެ މަޝްވަރާގެމަތިން ލިޔެ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި ފައިލްކޮށް ބެލެހެއްޓުން.

3. މުވައްޒަފުންގެ ރަޖިސްޓްރީ ޤަވާޢިދުންލިޔެ ބެލެހެއްޓުން.

4. ކައުންސިލަރުންނާއި، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، ސަލާމާއި ޗުއްޓީގެ ރެކޯޑް ބެލެހެއްޓުމާއި، އެޕްރައިޒަލްއާއި މުވައްޒަފުންނާއިގުޅޭ އެންމެހައި ކަންތައްތައް ޒިންމާދާރުވެރިޔާގެ މަޝްވަރާގެމަތިން ބަލަހައްޓަމުން ގެންދިއުން.

5. ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް (ކަނޑައެޅިފައިވާ ފޯމެޓަށް ތައްޔާރުކޮށް) ފުރަތަމަ 6 މަހުގެ ރިޕޯޓް ޖުލައި 10 ގެ ކުރިން، އަދި އަހަރީ ރިޕޯޓް ޖެނުއަރީ 10 ގެ ކުރިން އަތޮޅު ކައުންސިލަށް ފޮނުވަމުން ގެންދިއުން.

6. ކައުންސިލްގެ ޖަލްސާތަކުގެ ޔައުމިއްޔާ ލިޔުމާއި، ޖަލްސާތަކުގެ އެޖެންޑާ ޒިންމާދާރު ވެރިޔާގެ މަޝްވަރާގެމަތިން ޙަވާލުކޮށް، ޔައުމިއްޔާތަކާއި، އެޖެންޑާތަކާއި، ކައުންސިލުން ނިންމާ ޤަރާރުފަދަ ތަކެތި ލިޔުމާއި ކައުންސިލުން ފޮނުވަންޖެހޭ ރިޕޯޓްތައް ލިޔެ، ފޮނުވަންޖެހޭ ފަރާތްތަކަށް ޤަވާޢިދުން ފޮނުވަމުން ގެންދިއުން.

7. ކައުންސިލްގެ ބައްދަލުވުންތަކުން ނިންމާ ކަންތައްތައް، އިދާރާގެ ވެބްސައިޓް ހުރިނަމަ ވެބްސައިޓްގައާއި ނޯޓިސްބޯޑްގައި ޝާއިޢުކުރުމާއި، އެފަދަ ނިންމުންތައް ކައުންސިލްގެ ޔުނިޓްތަކާއި ޙަވާލުކުރުން.

8. ކައުންސިލުންހަދާ ޤަވާޢިދުތައް ލިޔެ ބެލެހެއްޓުން.

9. ރަށުގައި ހިންގާ ތަފާތު ޕްރޮޖެކްޓްތަކުގެ މަސައްކަތްތައްކުރާނެ ފަރާތްތައް، ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދާއި އެއްގޮތަށް އިޢުލާނުކޮށް އަދި އެކަމަށް އަންދާސީހިސާބުތައް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ބަލައި ބިޑް ކޮމެޓީ އަށް ހުށަހަޅައި އިވެލުއޭޓް ކުރުވައި އެކޮމެޓީން ކަނޑައަޅާ ފަރާތްތަކާއެކު ކުރެވޭ އެއްބަސްވުންތައް ތައްޔާރުކޮށް އެއާއެއްގޮތަށް މަސައްކަތްތައް ކުރުވަމުން ގެންދިއުން.

10. ކައުންސިލަރުންނާއި މުވައްޒަފުންގެ ޙާޟިރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފުނުވުން.

11. މާލިއްޔަތު ޤާނޫނާއި ޤަވާޢިދުގައިވާ ގޮތުގެމަތީން ކަނޑައެޅިފައިވާ އުޞޫލުން ކައުންސިލް އިދާރާ އާއި، އިދާރާގެ ބެލުމުގެދަށުގައިވާ އެންމެހާ ތަންތާގެ އިންވެންޓްރީ ލިޔެ ބެލެހެއްޓުމާއި، ގަންނަ ތަކެއްޗާއި، އެކިގޮތްގޮތުން އެހީގެ ގޮތުގައިލިބޭ ތަކެތި އިންވެންޓްރީއަށް އަރުވައި، އިންވެންޓްރީގައިވާ ތަކެތިން، ހަލާކުވެގެން ނޫނީ އެނޫންގޮތަކުންވެސް ނެތިދާ ތަކެތި، ކަނޑައެޅިފައިވާ އުޞޫލުގެމަތީން އިންވެންޓްރީން އުނިކޮށް ބެލެހެއްޓުން.

12. ކައުންސިލް އިދާރާގެ މެއިލް ޗެކްކުރުމާއި، މެއިލް ކުރަންޖެހޭ ތަކެތި މެއިލް ކުރުން.

13. ހުކުރު ޚުޠުބާ އާއި، ޢީދު ޚުޠުބާ ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ޙަވާލުކުރުން.

14. ހަވާލުކުރެވޭ މަސައްކަތާ ގުޅިގެން ފޮނުވަންޖެހޭ ލިޔުންތައް (ސެކްޝަނުގެ ވެރިޔާ ނުވަތަ ކައުންސިލުގެ މަޝްވަރާގެމަތިން) ލިޔެ ފޮނުވައި، ފައިލްކޮށް ބެލެހެއްޓުން.

15. ކައުންސިލް އިދާރާ ހުޅުވައި ލެއްޕުމުގެ މަސައްކަތް ހަމަޖެހިފައިވާ އުޞޫލެއްގެމަތިން ކުރުން.

16. ސެކްޝަނުގެ އެހެންމުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކުގައި އެމުވައްޒަފަކު ކުރަމުންދިޔަ މަސައްކަތް ވަގުތީގޮތުން ޙަވާލުކޮށްފި ހިނދެއްގައި އެ މަސައްކަތް ކުރުން.

17. ފައިނޭންސް އޮފިސަރަކަށް ހުންނަވާ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ނުވަތަ ރަސްމީ ދަތުރެއްގައި ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެގެން މަސައްކަތަށް ޙާޟިރުނުވާ ދުވަސްތަކުގައި އޭނާއަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުން.

18. އިދާރާއިން ރާވާ، އަދި ހިންގާ އެންމެހާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

19. އިދާރާގެ މަސައްކަތްތައް ކުރުމުގައި ދިވެހިރާއްޖޭގެ ވަޒީފާއާއިބެހޭ ޤާނޫނާއި، ދިވެހި  ސިވިލް ސަރވިސްގެ ޤާނޫނާއި، ޤަވާޢިދުގައިވާގޮތައް ޢަމަލުކުރަމުން ގެންދިއުން.

20. ވަޒީފާބަޔާނުގައި ހިމެނިގެން ހަވާލުކުރެވިފައިވާ މަސައްކަތްތަކުގެތެރެއިން، ދުވަހުން ދުވަހަށް ނުވަތަ ވަކިދުވަހަކަށް ނިންމަންޖެހޭ މަސައްކަތެއްއޮވެ ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނެވުމުގެސަބަބުން އެމަސައްކަތެއް ނުނިމޭނެކަމަށްވާނަމަ އެމަސައްކަތަކާގުޅޭ ފުރިހަމަ މަޢުލޫމާތު ސެކްޝަންގެ ވެރިޔާއަށްދީ އެމަސައްކަތެއް ނިންމުމުގައި ދެވެންއޮތް އެއްބާރުލުމެއް ދިނުން .

މަޤާމުގެ ޝަރުޠުތައް

1. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ހިއުމަން ރިސޯސްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެ ބައިތައް

ދެވޭނެ އެންމެ މަތީ މާރކްސް

އިންސައްތަ (%)

ތަޢުލީމާއި ތަމްރީން

ލިބިފައިވާ އިތުރު ތަޢުލީމު

60

25.5

ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

12.5

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

މަސައްކަތުގެ ތަޖުރިބާ

ވަޒީފާއާ ގުޅޭ ތަޖުރިބާ

23

10

އެހެނިހެން ތަޖުރިބާ

10

4

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

100

43

ޖުމްލަ

235

100

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv  ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 26 ފެބުރުއަރީ 2017 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. ފެކްސް ނަންބަރަކީ، 6720031 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 01 މާރިޗް 2017 އާއި 12 މާރިޗް 2017 އާ ދެމެދު، މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720031 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6720031 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

18 ޖުމާދަލްއޫލާ 1438

15 ފެބުރުއަރީ 2017

15 ފެބުރުވަރީ 2017