ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)120/120/2017/6
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 09:42
ސުންގަޑި: 23 ފެބުރުވަރީ 2017 13:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ވަޒީފާ

`

 

 

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް    

 ދިވެހިރާއްޖެ.

                                                      ނަންބަރު:  IUL)120/120/2017/6)

 

އިޢުލާން

ވަޒީފާގެ ފުރުސަތު:

 

މަޤާމް

ޗީފް އެގްޒެމިނަރ ( ދިވެހި) ، ޗީފް އެގްޒެމިނަރ (އިސްލާމް)

ގިންތި:

ޕާޓްޓައިމް (ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު

2

ދިވެހި  މާއްދާއައް 1 / އިސްލާމް މާއްދާއައް 1

އުޖޫރަ:

ރިޓެއިނިންގ އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު -/3000 (ތިންހާސް) ރުފިޔާ އަދި ކޮންޓްރެކްޓްގެ މުއްދަތުގައި ވަގުތު ކަނޑައެޅިގެން ކުރާ މަސައްކަތުގެ ތެރެއިން ކޮންމެ މަހަކު 12 ގަޑިއިރު އުނިކުރުމަށްފަހު ގަޑިއަކަށް -/250 (ދުއިސައްތަ ފަންސާސް) ރުފިޔާ.

މުއްދަތު:

3 (ތިނެއް) އަހަރު ދުވަސް.

މަޤާމުގެ އަސާސީ ޝަރުޠު:

  1. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓާރސް ޑިގްރީއެއް ހާޞިލް ކޮށްފައި ވުމާއެކު ސާނަވީ ނުވަތަ މަތީ ސާނަވީ ސިލަބަހަށް 2 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުމުގެ އިތުރުން، މި ޑިޕާޓްމަންޓުން ބާއްވާ ސާނަވީ ނުވަތަ މަތީ ސާނަވީ އިމްތިޙާނުގެ މާކިން މަސައްކަތުގެ، މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  1. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިގްރީއެއް ހާޞިލް ކޮށްފައި ވުމާއެކު ސާނަވީ ސިލަބަހަށް 3 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުމުގެ އިތުރުން، މި ޑިޕާޓްމަންޓުން ބާއްވާ ސާނަވީ ނުވަތަ މަތީ ސާނަވީ އިމްތިޙާނުގެ މާކިން މަސައްކަތުގެ، މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  • އިމްތިޙާނު ކަރުދާސްތަކާއި މާކިންގ ސްކީމުތައް އެކުލަވާލައި އިމްތިޙާނު ކަރުދާސްތައް މާކު ކުރުމާއި ނަތީޖާތައް ޕްރޮސެސްކޮށް، ގްރޭޑްތައް ކަނޑައެޅުމުގެ އެންމެހައި މަސައްކަތުގެ އެންމެ ފަރާތުގެ ހައިސިއްޔަތުން ތިރީގައި މިބަޔާން ކުރާ ކަންތައްތައް ކުރުމާއި ކުރުވުމެވެ.

-       ތިން މެންބަރުން ހިމެނޭ އިމްތިޙާނު ކޮމިޓީގެ އެންމެއިސް މެންބަރުގެ ގޮތުގައި ޕޭޕަރ ސެޓަރާއި ކޮމިޓީގެ މެންބަރާއި، ވަކި މަސައްކަތްތައް ހަވާލުކުރާ އިދާރީ މުވައްޒަފުގެ މަސައްކަތްތައް ވިލަރެސް ކުރުމާއި ބެލެހެއްޓުން.

-     ޓޭބަލް އޮފް ސްޕެސިފިކޭޝަނާ އެއްގޮތަށް އިމްތިހާނު ކަރުދާސް ތައްޔާރުކުރުމަށް ސެޓަރއަށް މަސައްކަތް ހަވާލުކޮށް، މަސައްކަތް ކުރާނޭ ގޮތުގެ އިރުޝާދު ދިނުން

-     ކަރުދާސްތަކާއި މާކިންގ ސްކީމްތައް އެކުލަވާލާފައިވަނީ އިމްތިޙާނުކަރުދާސްތައް އެކުލަވާލުމަށް ކަނޑައަޅާފައިވާ މަޤްޞަދުތަކާއި އުޞޫލުތަކާއި ހަމަތަކާ (ޓޭބަލް އޮފް ސްޕެސިފިކޭޝަނާ) އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުން.

-     އިމްތިޙާނު ކަރުދާސްތަކާއި މާކިންގ ސްކީމްތައް ޕްރޫފު ރީޑްކޮށް، ގެންނަންޖެހޭ ބަދަލު ގެނައުން.

-     ކަރުދާސްތަކާއި މާކިންގ ސްކީމްތައް ޕްރިންޓް ކުރުމުގެ މަސައްކަތް ވިލައެސްކޮށް ބެލުން.

-     މާކަރުންނަށް ތަމްރީން ދިނުމާއި މާކަރުން ކަނޑައެޅުމުގެ މަސައްކަތް ރާވައި ހިންގުން.

-     ސްޓޭންޑަޑައިޒޭޝަން ބައްދަލުވުންތައް ބާއްވައި، މާކިންގ ސްކީމުތަކާއި އެއާ ގުޅުންހުރި އިދާރީ މަސައްކަތްތައް އެގްޒޭމިނަރުންނަށާއި މޮޑަރޭޓަރުންނަށާއި މާކަރުންނަށް ކިޔައިދީ، އޭގައިވާ ގޮތަށް ކޮންސިސްޓަންޓްކޮށް އަދި އެކިއުރޭޓްކޮށް ސުއާލުތައް މާރކް ކުރުވުން.

-      މާކިންގެ މަސައްކަތް ސުޕަވައިޒްކޮށް، ސްޓޭންޑަޑްތަކާ އެއްގޮތަށް މަސައްކަތް ދޭތޯ މޮނިޓަރކޮށް ބެލެހެއްޓުން.

-      އިމްތިޙާނުތަކުގެ ހިނގި ގޮތުގެ ރިޕޯޓް ތައްޔާރުކޮށް ޑީ.ޕީ.އީއާ ހަވާލު ކުރުން.

-      ގްރޭޑްތައް މުރާޖާ ކުރުމަށް އެހީތެރިވެދީ އެކަމަށް ބާއްވާ ބައްދަލުވުން ތަކުގައި ބައިވެރިވުން.

-      އިމްތިޙާނުގެ ނަތީޖާ އަލުން ބަލަން އެދޭ ކެންޑިޑޭޓުންގެ ނަތީޖާ ބެލުމުގެ ކަންތައް އިންތިޒާމް ކުރުން.

-      މާއްދާގެ ނަތީޖާތައް އެނަލައިޒްކޮށް، ތަފާސްހިސާބުތައް އެކުލަވާލާ މާއްދާ ރިޕޯޓް ތައްޔާރުކުރުން

 

 

ވަޒީފާއަށް އެންމެ ގާބިލް މީހެއް ހޮވުމަށް ބަލާނޭ ކަންކަން

-     ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓްފިކެޓްތަކަށް ބަލައިގެން،

-     މަސައްކަތުގެ ދާއިރާއިން ލިބިފައިވާ އަމަލީ ތަޖްރިބާއަށް ބަލައިގެން،

-     ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން،

ނޯޓް): މި މަސައްކަތަށް މީހުން ކަނޑައެޅުމުގައި މިޑިޕާޓްމަންޓުގައި މީގެ ކުރިން ޕޭޕަރ ސެޓްކުރުމުގެ މަސައްކަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

އިންޓަރވިއު ކުރުން:

މިމަގާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އަންގާނެއެވެ.

-     އިންޓަރވިއުއަށް ހާޟިރުވާއިރު، ޕްރެޒެންޓޭޝަން ހުށަހަޅަންވާނެއެވެ. އެ ޕްރެންޓޭޝަންގައި މާއްދާގެ މިހާރުގެ ޙާލަތާއި ޕޭޕަރ ސެޓްކުރުމާއި މާކުކުރުމުގެ ކަންތައްތައް ރަނގަޅުކުރުމަށް ކުރާނެ މަސައްކަތްތައް އަދި މަސައްކަތްކުރާނެ ގޮތުގެ ޓައިމްލައިނެއް  ހިމަނަން ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ www.dpe.edu.mv  ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

ށ- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައި )

ނ- ވަޒީފާއެއް އަދާކުރާނަމަ، މިމަސައްކަތަށް ދޫކުރާނޭ ކަމުގެ ލިޔުން.

ރ- ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ  މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުމެއް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހިރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ .

ޅ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ކ. ސުވާލުކަރުދާސް ތައްޔާރުކުރުމާއި މާކުކުރުމުގައި ލިބިފައިވާ ތަޖްރިބާ އާއި މަސައްކަތް ކުރި އަހަރު އެނގޭ ލިޔުމެއް.

ނޯޓް:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

       މިމަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ފިލާ ބިލްޑިންގު 2 ގެ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް ކައުންޓަރަށެވެ.

 ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2017 ފެބްރުވަރީ 23 ވާ ބުރާސްފަތި ދުވަހުގެ 13:00

                  19 ޖުމާދަލްއައްވަލް 1438

                  16 ފެބްރުވަރީ 2017

16 ފެބުރުވަރީ 2017