ވަޒީފާގެ ފުރުޞަތު
ނަންބަރު: 368/IUL/2017/09
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 09:38
ސުންގަޑި: 26 ފެބުރުވަރީ 2017 13:00
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ

މ.ދިއްގަރު، ދިވެހިރާއްޖެ

                                                        ނަންބަރ: 368IUL/2017/09

އިޢުލާން

ވަޒީފާގެ ފުރުޞަތު

 ތިރީގައިމިވާ މަޤާމަށް މީހަކު ހޯދުމަށްކުރި، މިއިދާރާގެ ނަންބަރު: 368IUL/2017/01 އިއުލާނުގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާ ހިމެނިފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އެ މަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

މަޤާމް:                          

ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-286721

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:               

ދާއިމީ

މަޤާމުގެ ރޭންކް:                    

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:              

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

ކޯޕަރޭޓިވް އެފެއާޒު

މަޤާމް އޮތް އޮފީސް:

މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ، މ.ދިއްގަރު

މުސާރަ:                   

މަހަކު 5,610.00 ރުފިޔާ

ސަރވިސް އެލަވަންސް:          

މަހަކު 2,000.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

  (މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1. ކައުންސިލް އިދާރާގެ އަހަރީބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ސެކްޝަންތަކުން ހޯދައި ބަޖެޓް ތައްޔާރުކުރުން.

2. ކައުންސިލް އިދާރާގެ ބަޖެޓް ދުވަހުން ދުވަހަށް ބާކީކޮށް ބެލެހެއްޓުން. އަދި ކޮންމެމަހެއް ނިމުމުން އެމަހެއްގެ ބަޖެޓް ރިޕޯޓް އަތޮޅު ކައުންސިލްގެ އިދާރާއަށް ފޮނުވުން.

3. މާލިއްޔަތު ޤަވާޢިދުގެ 6.02 ގައިވާ އުޞޫލުން ކައުންސިލް އިދާރާގެނަމުގައި ހުޅުވާފައިވާ 4 ބޭންކް އެކައުންޓް ތަކަށް ވަންނަ ފައިސާއާއި، ޚަރަދުވާ ފައިސާގެ ރެކޯޑްތައް ބަލަހައްޓައި، އެ އެކައުންޓް ތަކުގެ މަސްދުވަހުގެ ރިޕޯޓާއި އަހަރީ ރިޕޯރޓް ތައްޔާރުކޮށް، އަތޮޅު ކައުންސިލަށް ފޮނުވުން.

4. މާލިއްޔަތު ޤަވާޢިދުގެ 6.16 ގައިވާ ގޮތުގެމަތީން ކައުންސިލް އިދާރާގެ ތިޖޫރީގެ ހަފްތާ ރިޕޯރޓް ތައްޔާރުކޮށް ފޮނުވަންޖެހޭ           ފަރާތްތަކަށް ފޮނުވަމުން ގެންދިއުމާއި، މާލިއްޔަތު ޤަވާޢިދުގެ 6.25 ގައިވާ ގޮތުގެމަތީން ކައުންސިލް އިދާރާގެ ތިޖޫރީގެ މަސްދުވަހުގެ ރިޕޯރޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

5. މިއިދާރާއިން އަގުދައްކާގޮތަށް ދޭ ޚިދުމަތްތަކުގެ އަގު ބަލައިގަތުމާ އެޚިދުމަތްތަކުގެ ފައިދާ އާއި، ގެއްލުމުގެ ހިސާބުތައް ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން.

6. ރައްޔިތުންގެ ޢިމާރާތްތަކާއި ތަންތަނާއި ތަކެތީގެ ކުއްޔާއި ޚިދުމަތުގެ އަގަށްލިބޭ ފައިސާގެ ހިސާބުތައް ބަލަހައްޓަމުން ގެންދަނީ ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށްތޯބަލައި ކަށަވަރުކުރުން.

7. ފައިސާ އާބެހޭ ހުރިހާ ލިޔުންތަކެއްލިޔެ ބަލަހައްޓަމުންގެންދަނީ މާލިއްޔަތުގެ ޤަވާޢިދާއި އެއްގޮތައްތޯބަލައި ޗެކްކުރަމުން ގެންދިއުން.

8. ކައުންސިލުން އިންތިޒާމުކުރެވޭ ދަތުރު ފަތުރާއިބެހޭ ކަންތައްތައް ބެލެހެއްޓުން.

9. ކައުންސިލް އިދާރާއަށް ބޭނުންވާ ފަރުނީޗަރާއި، ހިފައިގެންގުޅޭ ތަކެތި ސެކްޝަންތަކަށް ހޯދަންވުމުން އެތަކެތި ހޯދުމަށް ޕްރޮކިޔޯމެންޓްޕްރޮސެސް ކުރިޔަށް ގެންދިއުން.

10. ދިވެހިރާއްޖޭގެ މާލިއްޔަތުޤާނޫނާއި ކައުންސިލްޤާނޫނުގައިވާ ގޮތުގެމަތީން ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކުރަންޖެހޭ މާލީރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން.

11. ކައުންސިލް އިދާރާ އަށް ހޯދަންޖެހޭ އެންމެހައިތަކެތި ޤާނޫނާއި، ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތީން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

12. ކައުންސިލް އިދާރާއަށް އެކިފަރާތްތަކުން ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ އުޞޫލުގެމަތީން ދައްކަމުންގެންދޭތޯބަލައި، ފައިސާ ނުދައްކާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް ކައުންސިލްގެ ލަފާގެމަތިން އަޅަމުންގެންދިއުން.

13. އިދާރާއިން ރާވާ އަދި ހިންގާ އެންމެހާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

14. އިދާރާގެ މަސައްކަތްތައް ކުރުމުގައި ދިވެހިރާއްޖޭގެ ވަޒީފާއާއިބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ޤަވާޢިދުގައިވާގޮތަށް ޢަމަލުކުރަމުން ގެންދިއުން.

15. އިދާރާގެ މުވައްޒަފުންނަށް މުސާރަ ދިނުމާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކުރުމާއި، އެ ލިޔުންތައް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވަމުން ގެންދިއުން.

16. މިއިދާރާއިން ފައިސާ ދައްކާގޮތަށް ގަންނަ ތަކެއްޗާއި، ހޯދާ ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔުންތައް ތައްޔާރުކުރުން.

17. ވަޒީފާބަޔާނުގައި ހިމެނިގެން ޙަވާލުކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން ދުވަހުން ދުވަހަށް ނުވަތަ ވަކި ދުވަހަކަށް ނިންމަންޖެހޭ މަސައްކަތެއްއޮވެ ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނެވުމުގެ ސަބަބުން އެމަސައްކަތެއް ނުނިމޭނެ ކަމަށްވާނަމަ އެ މަސައްކަތަކާގުޅޭ ފުރިހަމަ މަޢުލޫމާތު ސެކްޝަންގެ ވެރިޔާއަށް ދީ އެމަސައްކަތެއް ނިންމުމުގައި ދެވެންއޮތް އެއްބާރުލުމެއް ދިނުން.

މަޤާމުގެ ޝަރުޠުތައް

1. އެކައުންޓިންގ، ފައިނޭންސް، ފައިނޭންޝަލް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެކައުންޓިންގ، ފައިނޭންސް، ފައިނޭންޝަލް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އެކައުންޓިންގ، ފައިނޭންސް، ފައިނޭންޝަލް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ؛

3. އެކައުންޓިންގ، ފައިނޭންސް، ފައިނޭންޝަލް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެ ބައިތައް

ދެވޭނެ އެންމެ މަތީ މާރކްސް

އިންސައްތަ (%)

ތަޢުލީމާއި ތަމްރީން

ލިބިފައިވާ އިތުރު ތަޢުލީމު

60

25.5

ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

12.5

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

މަސައްކަތުގެ ތަޖުރިބާ

ވަޒީފާއާ ގުޅޭ ތަޖުރިބާ

23

10

އެހެނިހެން ތަޖުރިބާ

10

4

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

100

43

ޖުމްލަ

235

100

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv  ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 26 ފެބުރުއަރީ 2017 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. ފެކްސް ނަންބަރަކީ، 6720031 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 01 މާރިޗް 2017 އާއި 12 މާރިޗް 2017 އާ ދެމެދު، މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720031 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6720031 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

18 ޖުމާދަލްއޫލާ 1438

15 ފެބުރުއަރީ 2017

15 ފެބުރުވަރީ 2017