މަސައްކަތް
ނަންބަރު: (IUL)236-IED/236/2017/12
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 20 ފެބުރުވަރީ 2017 13:30
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 މ. އަތޮޅު "އަތޮޅުގެ" (ބަދިގެ، މެސްރޫމް(ކާގެ) އަދި ފާޚާނާ) މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ: (IUL)236-IED/236/2017/3 އިޢުލާނާއި ގުޅިގެން ހުށަޅުއްވާފައިވާ ބިޑުތަކުގެ މަޢުލޫމާތު ފުރިހަމަ ނުވުމާއި، ބައެއްކަހަލަ މައްސަލަތައް ހުރުމުގެ ސަބަބުން އެބިޑްތައް ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ފެބުރުވަރީ 2017 ވާ ހޯމަ ދުވަހުގެ 13:30 ގެކުރިން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 މާރިޗް 2017 ވާ އާދީއްތަ ދުވަހުގެ 13:30 ގައި މިއިދާރާއަށް ބަންދުކުރި ސިޓީއުރައެއްގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރަށްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 މިމަސައްކަތަކާއި ގުޅިގެން އިތުރަށް މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން: 6720600، 7612483 ނުވަތަ 7948044 އާއި ގުޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، ބިޑު ހުށަހެޅުއްވުމަށް ބަދަލުގައި ވަޑައިގަންނަވާ ފަރާތްތަކުން އެކަންއެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. 

15 ފެބުރުވަރީ 2017 

15 ފެބުރުވަރީ 2017