މަސައްކަތް
ނަންބަރު: (IUL)438-ECAS/PRIV/2017/2
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 13:02
ސުންގަޑި: 08 މާރިޗު 2017 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ނ. ހޮޅުދޫގައި ފެންހިންދާ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ ދިރާސާތައްކުރާނެ ފަރާތެއް ހޯދުމަށް

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ކުރިއަށްގެންދާ ރަށްރަށުގެ ފެން ހިންދާ ނިޒާމް ގާއިމުކުރުމުގެ މަޝްރޫޢުތަކުގެ ދަށުން ނ. ހޮޅުދޫގައި ފެން ހިންދާ ނިޒާމެއް އެކުލަވާލުމަށްޓަކައި ބޭނުންވާ ދިރާސާތައް ކުރާނެ ކޮންސަލްޓަންސީ ފާރމެއް ހޯދުމަށް ބޭނުންވެއެވެ.

މިފާރމްގެ މަސްއޫލިއްޔަތްތަކާއި، މި މަސައްކަތަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކާއި އެހެނިހެން ތަފްޞީލުތަށް ހިމެނިގެންވާ މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ.

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން ހުށަހަޅަންވި މަޢުލޫމާތު "ޓާރމްސް އޮފް ރިފަރެންސް" ގައި ހިމެނިގެންވާނެއެވެ.  

ޕްރީ ބިޑް ބައްދަލުވުން

މަސައްކަތުގެ މަޢުލޫމާތު ދިނުމަށް ޕްރީ ބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ  22 ފެބުރުވަރީ 2017 ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ.

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ  08 މާރިޗު 2017 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 08 މާރިޗު 2017 ވާ ބުދަ ދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.

"ޕްރޮޕޯސަލް" އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ނުވަތަ ފޯނު ކުރައްވާނީ ތިރީގައި ބަޔާން ކުރައްވާފައިވާ އެޑްރެސްއަށެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018341 960+ ، ފެކްސް: 3018301 960+

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv 

 

15 ފެބުރުވަރީ 2017